ހިޔާގެ 4 ޓަވަރުގައި 768 ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށައިފި

ހިޔާގެ 4 ޓަވަރުގައި 768 ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާގެ ޓަވަރުތަކުގައި 700 އަށްވުރެ ގިނަ ސެކިއުރިޓީ ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށައިފިއެވެ.

ހިޔާ ފްލެޓްތަކަށް ބޭނުންވާ އެކި ޚިދުމަތްތައް ތަރައްޤީކޮށް ފޯރުކޮށްދިނުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހިޔާގެ 4 ޓަވަރެއްގައި 768 ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވެއެވެ. އަދި އެ ކެމެރާތަކުގެ ބޭނުންވެސްކުރަން ވަނީ ފަށާފައެވެ. އެ 4 ޓަވަރަކީ H14 ،H13 H15 އަދި H16 އެވެ. މިއިން ކޮންމެ ޓަވަރެއްގައި 192 ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވާކަމަށް އެޗް.ޑީ.ސީން ބުންޏެވެ.

އެކުންފުނިން ބުނީ ބާކީހުރި 12 ޓަވަރުގައިވެސް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މުޅި މި މަސައްކަތް އެއްކޮށް ނިމޭއިރު، ހިޔާ ޓަވަރުތަކުގައި ޖުމްލަ 3072 ސެކިއުރިޓީ ކެމެރާ ހަރުކުރާނެކަމަށެވެ. މިކަން ކުރަމުންދަނީ އެކި ފަރާތްތަކާއި ޙަވާލުކޮށްގެން ކަމަށާއި، މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ހުރިހާ ޓަވަރެއްގައި ކެމެރާ ހަރުކޮށް ނިންމުމަށްކަމަށްވެސް އެޗް.ޑީ.ސީން ބުންޏެވެ.

 

ހިޔާ ފްލެޓް ސަރަހައްދަށް ބޭނުންވާ ޚިދުމަތްތައް ނުފެށި ލަސްވުމުގެ ކަންބޮޑުވުން އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އޮތެވެ. ނަމަވެސް އެޗްޑީސީން އަންނަނީ ވީހާވެސް އަވަހަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށަމުންނެވެ. އެގޮތުން މިހާރުވެސް ހިޔާ ސަރަޙައްދުގައި މެނޭޖްމަންޓް އޮފީހަކާއި، 7 ފިހާރައަކާއި، 2 ސުޕަރ މާކެޓާއި، 2 ކްލިނިކާއި، ފާމަސީއަކާއި، ބޭކަރީއެއް މިހާރު ވަނީ ހުޅުވާފައެވެ. އަދި 3 ކެފޭއާއި، ސެލޫނަކާއި، މިސްކިތަކާއި، 2 ވަގުތީ މިސްކިތެއް އެ ސަރަޙައްދުގައި ޤާއިމުކޮށްފައިވެއެވެ. ހަމައެހެންމެ މިމަހުގެ 3 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *