ތަމަންނާގެ "ބަބްލީ ބައުންސާ"ގެ ފަސްޓް ލުކް ދައްކާލައިފި

ތަމަންނާގެ "ބަބްލީ ބައުންސާ"ގެ ފަސްޓް ލުކް ދައްކާލައިފި

Author
ފާތިމަތު ނާވީ
22 ޖުލައި 2022 01:38
0

ސައުތުގެ މަޝްހޫރު އެކްޓަރެސް ތަމަންނާ ބާޓިއާގެ ކުރިއަށް އޮތް ފިލްމު "ބަބްލީ ބައުންސާ"ގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާއިން މި ފިލްމް ގެނެސް ދިނުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ހިންދީ، ޓެމިލް އަދި ޓެލުގޫ ބަހުން ގެނެސްދޭ މި ފިލްމުގައި ތަމަންނާ އާއެކު ފެނިގެންދާނީ ޝޯރަބް ޝުކްލާ، އަބިޝޭކް ބަޖާޖް އަދި ސާހިލް ވެއިދްއެވެ.

މަދުރު ބަންޑާރްކަރް ޑައިރެކްޓް ކުރާ މި ފިލްމުގައި ތަމަންނާ ފެނިގެންދާނީ މީގެ ކުރިން ނުފެންނަ ފަދަ ގޮތަކަށް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މިއީ ކޮމެޑި ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.