ބޮލީވުޑްގެ މަގްބޫލު ޖޯޑު، ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކުރީ މި އަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ.
ކައިވެންޏަށް ދެމަހުގައި އާލިއާ ވަނީ އޭނާ ބަނޑުބޮޑުކަން ސޯޝްލް މީޑިއާ މެދުވެރިކޮށް އިއުލާން ކޮށްފައެވެ. ދާދިފަހުން އޮތް އިވެންޓެއްގައި ރަންބީރު ބުނެފައިވާ ގޮތުގައި އޭނާއަށް ލިބޭނީ އެއްމާބަނޑު ދެކުދިންނެވެ.
"ޝަމްޝޭރާ" ގެ ޕްރޮމޯޝަން އިވެންޓެއްގައި ރަންބީރު މިހެން ބުނެފައިވަނީ ހަޔާތުގެ ދެ ކަމެއް ތެދަށް ބުނުމަށާއި އެއް ދޮގު ހެދުމަށް ބުނުމުންނެވެ.
މި ވާހަކަ އާލިއާ އަދި ރަންވީރުވެސް ކަށަވަރު ކޮށެއް ނުދެއެވެ. އާލިއާ ބަލިވެއިންކަން އިއުލާން ކުރީ އޭނާ ހޮލީވުޑަށް ތައާރަފްވާ ފިލްމުގެ ޝޫޓިންގައި ލަންޑަންގައި ހުރެފައެވެ. ނަމަވެސް މިވަގުތު އާލިއާ ހުރީ އަމިއްލަ ގައުމުގައި ފިރިމީހާ ރަންބީރު ކަޕޫރާ އެކުގައެވެ.
އެ ދެތަރިން އެކުގައި ފެންނަ ފުރަތަމަ ފިލްމު "ބްރަމަސްތުރާ" މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒް ކުރުމަށް ވަނީ ތާވަލު ކޮށްފައެވެ. ރަންބީރާއި އާލިޔާގެ ލޯބީގެ ފެށުމަކީ ވެސް މި ފިލްމުގެ ސެޓެވެ.
ކޮމެންޓު ފޮނުވާ