ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕްތަކުގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އައުގުރާނަ ގޮވައި ހެދުމުގެ ފުރުސަތު އެއްވެސް މީހަކަށް ދީގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ އެމްޑީޕީގެ ސޯޝަަލް މީޑިއާ ގްރޫޕްތަކުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދަށް ނިސްބަތްކޮށް، އެޕާޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަރަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް ވާހަކަ ދައްކަމުންދާތީ އެކަން ކަންބޮޑުކަމާއިއެކު ފާހަގަކޮށް ކުރެއްވި ޓުވީޓެއްގައެވެ.
ނިހާދު ވިދާޅުވި އެމްޑީޕީގެ އެއްވެސް ސޯޝަލްމީޑިއާ ގްރޫޕެއްގައި ދެ ރައީސުންނަށް ނިސްބަތްކޮށް އައުގުރާނަ ގޮވަން ޖާގަ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ. އެގޮތަށް އައުގުރާނަ ގޮވާ މީހުންނަށް ޖާގަ ދެވޭނަމަ އެއީ ބައިބައި ކުރުމަށް ދެވޭ ފުރުސަތެއްކަމަށް ނިހާދު ވިދާޅުވިއެވެ. ޕާޓީގެ އެންމެ އިސް ދެބޭފުޅުންނާއި ދިމާލަށް ހަޑިހުތުރުބަހުން މުޢާމަލާތު ކުރަން ބޭނުންވާ މީހުން އެމްޑީޕީން ވަކިވެ އިދިކޮޅާއި ގުޅުން މާ އައުލާކަންބޮޑުކަމަށް ނިހާދު ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕްތަކުގައި އައުގުރާނަ ގޮވަން ފުރުސަތު ދީގެން ތިބުމަކީ ބައިބައި ވުމަށް ދެވޭ ފުރުސަތެއް! އެފަދަ ކަންތަކުން ދުރުވެ އެއްބައިވަންތަވަމާ! އެހެން ނޫންނަމަ އިދިކޮޅާއި ގުޅި ރަނގަޅަށް އެއްޗިހި ގޮވަން ފެށުން މާސަޅި ވާނެ.
– ނިހާދު ވިދާޅުވިއެވެ.
Raees @MohamedNasheed adhi Raees @ibusolih ah MDP social media group thakuga auguraanha govan furusath dheegen thibumakee baibai vumah dhevey furusath Eh! Efadha kan thakun dhuruve ebbaivantha vamaa! Ehen noon nama idhikolhaa gulhi rangalhah echchehi govan feshun maa salhi Vaane!
— Feydhoo Meehaa (Mohamed Nihad) (@nihad_m) July 17, 2022
އެމްޑީޕީގެ ރައީސް ނަޝީދަށާއި، ރައީސް ޞާލިހަށް ނިސްބަތްކޮށް، އެޕާޓީގެ މަދު މީހަކު ކުރާ މިފަދަ ކަންކަަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޕާޓީއާއި، ސަރުކާރާއިމެދު ހިތްހަމަ ނުޖެހޭ ކަންކަން ހުރިނަމަ އެކަންކަމަށް ޒިންމާދާރު ކަމާއިއެކު ފާޑުކިޔުންތައް އަމާޒުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.