މިފަހަރު ފެނުނީ ދީޕިކާ އާއި ވައްތަރު މީހެއް، ހަމަ ވަރަށް ވައްތަރު!

މިފަހަރު ފެނުނީ ދީޕިކާ އާއި ވައްތަރު މީހެއް، ހަމަ ވަރަށް ވައްތަރު!

Author
ފާތިމަތު ނާވީ
17 ޖުލައި 2022 02:25
0

ސެލެބްރިޓީންނާ ވައްތަރު މީހުން ފެނުމަކީ އާންމު ކަމެކެވެ. އެގޮތުން ބޮލީވުޑްގެ ތަރިންނާ ވައްތަރު މީހުންވެސް އަންނަނީ ފެންނަމުންނެވެ.

އެގޮތުން މިފަހަރު ފެނުނީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ތަރި ދީޕިކާ ޕަޑުކޯން އާއި ވައްތަރު މީހެކެވެ. ބެލުންތެރިން ހައިރާން ވާހާ ވަރަށް މިމީހާ ދީޕިކާ އާއި ވައްތަރު ކަމަށް ބުނެއެވެ.

2007 ވަނަ އަހަރުގެ ފިލްމް "އޯމް ޝާންތި އޯމް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ އަކީ ގިނަ ބައެއްގެ ލޯބީ ހޯދާފައިވާ ވަރަށް މަގުބޫލް ތަރިކެއެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރި މީހެއް ކަމުގައިވާ ރިޖުތާ ގޯޝް ނަމަކަށް ކިޔާ މީހާ އާއި ދީޕިކާ ވައްތަރުކަމަށް މީހުން ބުނާއިރު، އޭނާ ދީޕިކާއާ ވައްތަރު ގޮތެއް ހުރެއެވެ. މޫނުގެ ބައްޓަމާއި ލޮލާއި އަންގަ މަތިވެސް ވައްތަރު ގޮތެއް ހުރެއެވެ.

 

View this post on Instagram

 

A post shared by Rijuta Ghosh Deb (@thelushvoguette)

މީގެ ކުރިންވެސް ބޮލީވުޑްގެ ތަރިންނާ ވައްތަރު މީހުން ފެނިގެން ގޮސްފައި އެބަހުއްޓެވެ. އޭގެތެރޭގައި ދާދިފަހުން ވަނީ ސުޝާންތު ސިންގް ރާޖްޕޫތު އާއި ސަލްމާން ޚާން އަދި ޝާހްރުކް ޚާނާ ވައްތަރު މީހުން ވެސް ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.