ރަންވީރާއި އާލިޔާގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ޑިލޭ އެއް!

ރަންވީރާއި އާލިޔާގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ޑިލޭ އެއް!

ގިނަ ދުވަސް ތަކަކަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓަރުގެ ގޮނޑިން ފެނިގެންދާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ މަސައްކަތްތައް ލަސްވާގޮތް ދިމާވެއްޖެއެވެ.

މިކަމުގެ ސަބަބުން، އަންނަ އަހަރު ފެބުރުވަރީ މަހު ސިނަމާތަކަށް ގެނައުމަށް ކުރިން ކަނޑައަޅާފައި އޮތް މި ފިލްމު ބެލުންތެރިންނާ ހަމައަށް އަނާނެ ތާރީހު ވެސް ފަސްވާނެއެވެ. ނަމަވެސް ފިލްމު އަޅުވާނެ އައު ތާރީހެއް އަދި މިހާތަނަށް އިއުލާނެއް ނުކުރެއެވެ.

އެނގޭހާވެސް ކަމަކީ ކުރިން އަހަރުގެ ކުރީކޮޅު އަޅުވަން ހަމަޖެހިފައި އޮތް ފިލްމު ދެން ބެލުންތެެރިންނަށް ފެންނާނީ އަހަރުގެ ފަހުކޮޅު ކަމެވެ.

ރަންވީރު ސިންގް އަދި އާލިއާ ބަޓް އެކުގައި ލީޑުން ފެނިގެންދާ މި ފިލްމުގެ މަސައްކަތް މަޑުޖައްސާލަނީ އާލިއާ ބަނޑުބޮޑުވުމާ ގުޅިގެންނެވެ. އެގޮތުން މި ޖުލައި މަހަށް ޝެޑިއުލްކޮށްފައިވާ ޝޫޓިންތައް ނިންމާލުމަށް ފަހު ފިލްމުގެ ޓީމު ނަގާނީ ބްރޭކެކެވެ. އޭގެ ފަހުން ފިލްމުގެ ޝޫޓިންތައް ފަށަން ހަމަޖެހިފައި ވަނީ އާލިއާ ވިހެއުމުން އަންނަ އަހަރުއެވެ.

ޖުލައި މަހުގެ ޝޫޓިންގ ޝެޑިއުލް ނިންމާލުމުން ދެން ފިލްމުގައި ބާކީ އޮންނާނީ 15 ވަރަކަށް ދުވަހުގެ ޝޫޓިންގ އެވެ. އައު ޝެޑިއުލް ގައި ފިލްމުގެ ޝޫޓިންގ ނިމޭނެކަމަށް ލަފާކުރަނީ އަންނަ އަހަރުގެ ފެބްރުވަރީ މަހުއެވެ. އެއަށްފަހު ދެން ފަށާނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ތަކެވެ.

މި ފިލްމު ހާއްސަވާ އެއް ސަބަބަކީ ރަންވީރާއި އާލިއާގެ އިތުރުނަ ފިލްމުން އިހުގެ ތަރިން ކަމަށްވާ، ދަރުމެންދުރާ އާއި ޖަޔާ ބައްޗަން އަދި ޝަބާނާ އާޒްމީ ވެސް ފެނިގެން ދާތީއެވެ.

އާއިލާއެއްގެ މައްޗަށް ބިނާކޮށް ހަދާ މި ރޮމޭންޓިކް ކޮމެޑީއަކީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. ތިނެސްކަން ލޯބީގެ ފިލްމުތައް ބޮލީވުޑްގައި އަަންމު ނަމަވެސް މި ފިލްމު ތަފާތު ވަނީ މި ފިލްމުން ދުވަސްވީ ތިން މީހެއްގެ ލަވް ޓްރޭންގަލް ފެނިގެން ދާތީއެވެ.

މި ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް"އަށް ފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށް ވާއިރު، އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ސަަައިފް އަލީ ޚާނާއި އަމްރީތާގެ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާން ފިލްމުގައި މަސައްކަތް ކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *