ކާމިޔާބު ކަމާއިއެކު ކުރިއަށްދާ މީހުންނާއިމެދު ހަސަދަވެރިވާ މީހުން ގިނަ ވާނެ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ހިތްހަމަ ނުޖެހުން ކަމުގައިވީނަމަވެސް އަދާލަތު ޕާޓީގެ މަސައްކަތް އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫންކަމަށެވެ. އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމުގައި ސިޔާސީ މަސައްކަތުގައި އަދާލަތު ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމުގައި އިމްރާން ވިދާޅުވިއެވެ.
އިމްރާގެ މިވާހަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދިޔަ ދަނޑިވަޅުގައި، ޝައިޚު އިޔާޒު ވިދާޅުވީ ކާމިޔާބު ކަމާއިއެކު ކުރިއަށްދާނަމަ އެކަމާއި ހަސަދަވެރިވާނެ މީހުން ވަރަށް ގިނަ ވާނެ ކަމަށެވެ. ނަމަވެސް އެއީ ކާމިޔާބު ވާނެ މަސައްކަތެއް ނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
ކާމިޔާބު ކަމާއިއެކު ކުރިއަށްދާ މީހުންނާއިމެދު ހަސަދަވެރިވާ މީހުން ގިނަ ވާނެ. އެމީހުންގެ ގޮވެލި ތަކަށް ނުބަލައި ކުރިއަށް ދިޔާމަ ކާމިޔާބު ވާނެ.
– ޑރ.އިޔާޒު ޝައިޚު އިމްރާނަށް ހިތްވަރު ދެއްވައި ވިދާޅުވިއެވެ.
ޑރ.އިޔާޒު ވިދާޅުވީ އަދާލަތު ޕާޓީން ކުރަމުންދާ މަސައްކަތަކީ ހިހޫތަނުން ކައިގެން ތިބެން ބޭނުންވާ މީހުންނަށް ކެތްކުރެވޭ ވަރުގެ މަސައްކަތް ތަކެއް ނޫންކަމަށެވެ. އިސްލާމް ދީނާއި، ސިޔާސަތަކީ ވަކި ކުރެވޭ އެއްޗެއް ނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ. މިކަންކަމާއި އުދަގޫވާ މީހުން ތިބިނަމަ ދުރުގައި ކުޅިބަލަން މަޑު ތިބުން މާ ރަނގަޅުވާނެކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
އަދާލަތު ޕާޓީން މިކުރާ މަސައްކަތަކީ ހިހޫ ތަނުން ކާން ބޭނުންވާ ބަޔަކަށް ކެތް ކުރެވޭނެ މަސައްކަތެއްނޫން. އިސްލާމް ދީނާއި، ސިޔާސަތު ވަކި ނުކުރެވޭނެ. ތިމާ މެންނަށް ނުވާނަމަ އުދަނގޫ ނުކޮށް ކުޅިބަލަން ތިބުން ރަނގަޅުވާނެ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ހިންގަމުންދާ ދީނާއި ޚިލާފް ކަންތައްތަކާއި، ތަފާތު އެކި މައްސަލަތަކުގައި ހޯމް މިނިސްޓަރަކަށް އިމްރާން ހުންވައިގެން ޢަމަލު ކުރައްވަމުންދާ ގޮތާއިމެދު ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ޚާއްސަކޮށް ޔޯގާ ހަމަނުޖެހުމުގެ ތުހުމަތުގައި އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު، އެމީހުން "ވާނުވާ" ގައި ބައިތިއްބާފައި ތިބުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އިމްރާނަށް އަމާޒުވާ އެއް މައްސަލައެވެ.
ކޮމެންޓު ފޮނުވާ