ބަންދުގެ މުއްދަތު އިތުރުކޮށް، އިންސާފުނުލިބި ލަސްވުމަކީ ބޮޑު ނާއިންސާފެއް: ނާޒިމް

ބަންދުގެ މުއްދަތު އިތުރުކޮށް، އިންސާފުނުލިބި ލަސްވުމަކީ ބޮޑު ނާއިންސާފެއް: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
15 ޖުލައި 2022 02:54
0

ތަފާތު އެކި ތުހުމަތުތަކާއި ގުޅިގެން ހައްޔަރު ކުރެވޭ މީހުން، މުއްދަތު ޖަހައި ބަންދުގައި ގެންގުޅުމަކީ ވެވޭ ވަރަށް ބޮޑު ނާއިންސާފެއް ކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މާލޭގައި ހިންގި ޔޯގާ ހަރަކާތާއި ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި، ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ހަމަވާއިރަށް މުއްދަތު ޖަހަމުންދާތީ ގިނަ ބަޔަކު އެކަމުގެކަން ބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހޯމް މިނިސްޓަރ އިމްރާނާއި، ފުލުހުން ޓެގް ކުރައްވައި ނާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެއްވެސް މީހަކަށް ނާއިންސާފުން އަނިޔާ ލިބުމަކީ އެދޭ ގޮތެއް ނޫންކަމަށެވެ. އެއީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެމީހަކަށް އިންސާފުން ބޭރުން އަނިޔާ ލިބުމަކީ އެދޭ ގޮތެއް ނޫންކަމަށެވެ. ބަންދުގެ މުއްދަތު އިތުރުކޮށް ޝަރީއަތް ކުރިއަށް ނުދިއުމަކީ އިންސާފު ނުލިބި ދިގުދެމިގެންދާ މަގެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލު ވިޔަސް އަދި އެހެން ދިވެހި ރައްޔިތެއް ވިޔަސް، ބަންދުގެ މުއްދަތު ތަކުރާރުކޮށް އިތުރުކޮށް، އިންސާފު ނުލިބި ލަސްވުމަކީ ވަރަށް ބޮޑު ނާއިންސާފެއް.

– ނާޒިމް ވިދާޅުވިއެވެ.

ނާޒިމްއަކީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި މިގޮތަށް ހައްޔަރު ކުރެކުރެވި ބަންދުގެ މުއްދަތު ޖެހި ބޭފުޅެކެވެ. އޭރު ޖަލަށް ލެވުނު މީހުންގެ ތެރޭގައި މިހާރުގެ ހޯމް މިނިސްޓަރވެސް ހިމެނެއެވެ. ޖަލުން މިނިވަން ވުމުން މިބޭފުޅުން އެންމެ ބޮޑަށް ބަކާލާތު ކުރީ ނުހައްގުން މީހުންނަށް އަދަބު ދިނުމާއި ދެކޮޅަށެވެ. ނަމަވެސް މިއަދު ހޯމް މިނިސްޓަރަކަށް އިމްރާން ހުންނަވައިގެން އެއާއި ދިމާ އިދިކޮޅަށް މަސައްކަތް ކުރާތީ ގިނަ ބައެއްހެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ޔޯގާ ހަރަކާތާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރި 21 މީހުންގެ ތެރެއިން 20 މީހުންގެ މުއްދަތު ކޮންމެ ފަހަރަކުވެސް ހަމަވުމުން ދަނީ އިތުރު ކުރަމުންނެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒޒ
ތިވާހަކައަޑުއަހަނީކާކު
A Ahumadhu
Vaguthun vaguthah emeehun dhookohla