އިސްލާމްދީނުގައި އަންހެން ކަނބަލުން ބުރުގާ އެޅުން އޮންނަި ހަމައެކަނި އުމުރާ ނުވަތަ ހައްޖުގެ މަތިވެރި އަޅުކަން އަދާލުރަން ދާއިރު އެކަނި ނޫންކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ޝައިޚު އަލީ ޒައިދު ބުރުގާ އެޅުމާއި ގުޅޭގޮތުން ފާޅު ކުރެއްވި ޚިޔާލަކާއި ގުޅިގެންނެވެ. ޝައިޚު އަލީ ޒައިދު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އުމުރާ އަދި ހައްޖަށްދާން ވަގުތީ ގޮތުން ބުރުގާ އަޅާތަން ފެންނަ ކަމަށެވެ. އެހާލަތުގައިވެސް ބުރުގާ އަޅައި، އިސްލާމް ދީނުމުގައި ވާޖިބު ކުރައްވާފައިވާ ކަމެއް ކުރާތީ އުފާކުރައްވާކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ހައްޖަށް ދާން ނުވަތަ ޢުމްރާއަށް ދާން ވަގުތީގޮތުން ބުރުގާއަޅާ! ވަރަށް އުފާވޭ މީހުން ބުރުގާއަޅާ ދީނުގެ ވާޖިބެއް އަދާކުރާތީ! ބުރުގާއެޅުމަކީ ދީނުގެ ވާޖިބެއްގެ އިތުރުން ރީތިވެސް ކަމެއް! ހުރިހާ އަންހެންކަނބަލުންވެސް ބުރުގާއެޅުމަށް އިލްތިމާސްކުރަން!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ޝައިޚު ޒައިދުގެ ވާހަތަކާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ އިސްލާމް ދީނުގައި އަންހެން ކަނބަލުންނަށް ބުރުއާ އެޅުން އޮންނަނީ ހަމައެކަނި އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރާ ހާލަތުގައި ނޫންކަމަށެވެ. ހިލޭ ފިރިހެނަކަށް ނިކުންނަ ހިސާބަށް ނިކުންނަ ނަމަވެސް އަންހެން ޢައުރަ ނިވާކުރަން ޖެހޭކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
އެއީ ހަމައެކަނި ޢުމްރާ އަށް ނުވަތަ ޙައްޖަށްދާއިރު ކުރަން އޮންނަ ކަމެއް ނޫން. ހިލޭ ފިރިހެނަކަށް ފެންނަ ހިސާބަށް ނިކުންނަނަމަ ޢައުރަ ނިވާކުރަންޖެހޭ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ބުރާ އެޅުމާއި ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ދެކެވިފައި މިވަނީ ރައީސް ސޯލިހާއި މެޑަމް ފަޒްނާ ހައްޖަށް ވަޑައިގެންނެވިއިރު ފަޒްނާ ހުރީ ބުރުގާ އަޅުއްވުމަށްފަހު ހައްޖުގެ އަޅުކަން ނިންމަވާލައްވައި ރާއްޖެ ވަޑައިގެން ބުރުގާ ނެންގެވުމުން ގިނަ ބައެއްހެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ