ޓިކްޓޮކް ތަރި އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަރިޔަމް ޝިފާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައި ޝިފާ އެއްޖިއްސުން ގުޅުންހިންގާ ކަމަށް ބެލެވޭ ވީޑިއޯއެއް އާންމުގެ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސް އެމައްސަލަވެސް ތަހުގީގް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލާގައި މިހާތަނަށް ޝިފާއާއި ސުވާލެއް ކޮށްފައިވާކަމެއްވެސް ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ލީކުވެފައިވާ ވީޑިއޯތަކާއި ގުޅިގެން ޝިފާ ބުނެފައިވަނީ އެއީ އެޑިޓެއްކަމަށެވެ. ނަމަވެސް އޭނާ އެހެން ބުނިފަހުންވެސް އިތުރު ވީޑިއޯތަކެއް ވަނީ ލީކުވެފައެވެ.
އެއްޖިއްސުން ގުޅުންހިންގި މައްސަލަތަކުގައި ބައެއް މީހުންގެ ވީޑިއޯތައް އާންމުވެފައިވަތީ ފުލުހުން ބުނެފައިވަނީ އެމައްސަލަތައް ތަހުގީގް ކުރަމުންދާކަމަށެވެ. ނަމަވެސް މިހާތަނަށް ސީދާ އެއްޖިއްސުން ގުޅުންހިންގި މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވެއެވެ.
އެއްޖިއްސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި މިހާތަނަށް ވަނީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ ޕާސްޕޯޓްސްވެސް ހިފަހައްޓާފައެވެ.