އަދާލަތު ޕާޓީ ދެމި އޮންނާނީ، އިސްލާމީ މަތިވެރި އުސޫލު ދެމެހެއްޓުމުގައި: އިމްރާން

އަދާލަތު ޕާޓީ ދެމި އޮންނާނީ، އިސްލާމީ މަތިވެރި އުސޫލު ދެމެހެއްޓުމުގައި: އިމްރާން

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2022 08:08
0

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ދެމި އޮންނާނީ އިސްލާމީ މަތިވެރި އުސޫލު ދެމެހެއްޓުމަށް ކަމުގައި އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިފަހުން ދީނާއި ޚިލާފް ގިނަ ކަންތައްތަކަކާއި، އިލްމުވެރިންނާއި ދެކޮޅަށް އެތައް ކަމެއް ކުރަމުންދާއިރު އަދާލަތު ޕާޓީން ރަސްމީކޮށް މިކަންކަމުގައި އުޅޭލެއް ކުޑަވުމުން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަދާލަތަށް އަމާޒުވެފައެވެ. ޚާއްސަކޮށް އެއްޖިއްސުން ގުޅުން ހިންހި މީހުންގެ މައްސަލަގައާއި، ޔޯގާ މައްސަލާގައި އަދާލަތު ޕާޓީން އަދާކުރަންޖެހޭ ޒިންމާ އެންމެ ރަނގަޅަށް އަދާ ނުކުރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އަދާލަތު ޕާޓީއާއި ގުޅޭގޮތުން ދެކެވޭ ވާހަތަކަށް ރައްދު ދެއްވައި އެޕާޓީގެ ރައީސް އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ ދިވެހި ރައްޖޭގައި އުފެދިގެން އައީ ފަނޑުވަމުންދިޔަ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކަމުގައެވެ. އަދި އެޕާޓީން ކުރިއަށް އޮތް ތަނުގައި ދެމި އޮންނާނީވެސް އެޒިންމާ އަދާކުރުމުގައި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީ އުފެއްދީ ދިވެހި ރާއްޖޭގައި، ފަނޑުވަމުންދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށެވެ. މި ޕާޓީ ދެމި އޮންނާނީވެސް އެ ޒިންމާ އަދާ ކުރުމުގައެވެ.

– އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މިހެން ވިދާޅުވި ނަމަވެސް މީގެ ކުރިން ދީނާއި ދެކޮޅަށް ހިންގޭ އެކި ހަރަކާތްތަކުގައި އަދާލަތު ޕާޓީން އަދާކުރަމުންދިޔަ ދައުރާ ގާތަށްވެސް މިހާރު މަސައްކަތް ނުކުރާކަމަށް ގިނަ ބަަޔަކުދަނީ ބުނަމުންނެވެ. ނަމަވެސް އަދާލަތަށް ނިސްބަތްވާ ބައެއް ވަކިވަކި ޢިލްމުވެރިން އެބޭފުޅުން ވިދާޅުވަންޖެހޭ ހައްގުބަސް އެބޭފުޅުންގެ ފަރުދީ ޒިންމާގެ ތެރެއިން ދަނީ އަދާކުރަމުންނެވެ.

އަދާލަތު ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީއަކަށްވެފައި، އަދި ޕާޓީގެ އިސްސަފުގެ ގިނަ ބޭފުޅުންނަކީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވުމުން، އެޕާޓީއަށް ސަރުކާރާއި ދެކޮޅަށް ނިކުންނަންޖެހޭ ކަންކަމުގައި ނިކުތުމަކި ފަސޭގަ ކަމަކަށް ނުވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
ކޮންތާކު ކިހޮނެތް ކޮންެެއިރަކު އެއްވެސްވަރަކަން އޅައެތްނުލަ އަދިދެނީ އެކަމަންހިތްވަރު ބނވިދާނެ ކޮންމެއެއްޗެްއްވެސް މުޅިގަިމު ހަރާންކަންތަކަންޢަރަގުވެގެންދާއިރވެސް ތިތިބެނީ އެމީހންފާއު ކރުމުގާ އަތުކުރިއޮޅާލާފަނު