އާންމުން ސްރީ ލަންކާގެ ރިޔާސީ ގަނޑުވަރު ތެރޭގައި ތާސްކުޅުމުގައި

ވެރިކަން ބަދަލު ވަންދެން ރައީސްއާއި ބޮޑުވަޒީރުގެ ގެކޮޅު ދޫކޮށް ނުލާނެކަމަށް ބުނެފި

ވެރިކަން ބަދަލު ވަންދެން ރައީސްއާއި ބޮޑުވަޒީރުގެ ގެކޮޅު ދޫކޮށް ނުލާނެކަމަށް ބުނެފި

ގުޅުންހުރި

ސްރީ ލަންކާގެ ރައީސްއާއި ބޮޑުވަޒީރު އިސްތިއުފާ ދެއްވަންދެން، ރައީސްއާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު މުޒާހިރާކުރާ ފަރާތަކުން ދޫކޮށް ނުލާނެކަމުގައި ބުނެފިއެވެ.

ސްރީ ލަންކާގެ ރައީސްއާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެގަނެ، އަދި ބޮޑުވަޒީރު ރަނިލްގެ އަމިއްލަ ގެކޮޅު އަންދާލާ ހިނގި ހަމަނުޖެހުންތަކަށްފަހު، ގޮޓަބަޔަ ރާޖަޕަކްސަ ވަނީ މި ހަފްތާގެ ބުދަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އާ ސަރުކާރަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، ބޮޑުވަޒީރު ރަނިލް ވިކްރަމެސިންގވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ރައީސް ގޮޓަބަޔަގެ އިސްތިއުފާ އޭނާ އަމިއްލަފުޅަށް މިހާތަނަށް އައިއިރު އިއުލާން ކުރައްވާފައެއް ނުވެއެވެ.

މިހަފްތާގެ ހޮނިހިރު ދުވަހު، ގޮޓަބަޔަގެ އިސްތިއުފާއަށް ގޮވާ ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ މަގުތަކުގައި އެތައްހާސް ބަޔަކު ވަނީ މުޒާހިރާ ކޮށްފައެވެ.

މިހަފްތާގެ ހަމަނުޖެހުންތަކަށްފަހު އާ ސަރުކާރަކަށް ފުރުސަތު ދެއްވާނެކަމަށް ވިދާޅުވި ނަމަވެސް، މުޒާހިރާ ކުރަމުންދާ ފަރާތްތަކުން ބުނެފައިވަނީ ސްރީ ލަންކާގައި މިހާރު އޮތް ސަރުކާރުން ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރާނޭ ކަމުގައެވެ.

"އަހަރެމެންގެ މުޒާހިރާތައް އަދި ހުއްޓުމަކަށް ނާދޭ،" މުޒާހިރާތަކުގައި ބައިވެރި ވަމުންދާ ކިޔަވާކުދިިންގެ އެންމެ އިސް ފަރާތް ކަމުގައިވާ ވީރަސަކެރައާއި ހަވާލާދީ އޭއެފްބީން ރިޕޯޓު ކޮށްފައި ވެއެވެ.

"ރައީސް ގޮޓަބޭ މަގާމު ދޫކޮށް ވަޑައިގަންނަވަންދެން މިހަރާކަތް ކުރިޔަށް ދޭނެ،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

އިއްޔެގެ ވަގުތެއްގައި ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ މި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަން އަންގަވައިފައިވާކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި ގޮޓާބަޔަ އިސްތިއުފާ ދެއްވަން މުއްދަތެއް ކަނޑައެޅުއްވީ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ. ބޮޓާބަޔަ އިސްތިއުފާ ދެއްވުމުން ލަންކާގެ ރައީސަކަށް ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ހުންނަވާނީ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާއެވެ.

ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ރަނިލްގެ ގެކޮޅަށް ޢާއްމުން ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށް ރަނިލް އިސްތިޢުފާދެއްވަން ނިންމަވާފައިވަނީ އެ ޤައުމުގެ ސިޔާސީވެރިންނާ ބައްދަލު ކުރެއްވުމަށްފަހުއެވެ. އެ ބައްދަލުކުރެއްވުމުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ