ޢިއްޒުންދީން ސްކޫލު ހިންގާ އިމާރާތް ބޭނުންކުރުން ހުއްޓުވުމުގެ ޢަމުރެއް ނުދިން

ޢިއްޒުންދީން ސްކޫލު ހިންގާ އިމާރާތް ބޭނުންކުރުން ހުއްޓުވުމުގެ ޢަމުރެއް ނުދިން

ކުރީގެ އެމްއީއެސް ހިންގި އިމާރާތް މިހާރު ބޭނުން ކުރަމުންދާ އިއިއްޒުންދީން ސްކޫލަށް އެތަން ބޭނުން ނުކުރެވޭގޮތަށް އަމުރެއް ނެރުމަށް މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައވެޓް ލިމިޑެޓުން އެދުނު ނަމަވެސް، އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ނިންމައިފިއެވެ.

މަންދުކޮލެޖް ހިންގަމުންދާ އިމާރާތް އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ގެންދިއުމަށްފަހު އެތަން ބަންދުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެއްބަސްވުން ބާތިލުކޮށް މަންދު ކޮލެޖްގެ އަތުން އެމްއީއެސް ހިންގި އިމާރާތް އަތުލުމުން ލިބުނު ގެެއްލުމުގެ ބަދަލުގައި 15 މިލިޔަން ރުފިޔާ އެ ކޮލެޖު ހިންގާ މާލޭހައި ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ވަނީ ހުކުމްވެސް ކޮށްފައެވެ.

އެއިމާރާތް އަލުން ހޯދުމަށާއި، ލުބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި މިދިޔަ ފެބުރުއަރީ މަހު މާލެ ހައި ކުންފުނިން ވަނި އެދިފައެވެ. އަދި އެތަން މާލެ ހައި ކުންފުންޏާއި ހަވާލު ކުރުމަށްވެސް ވަނީ އެދިފައެވެ. ނަމަވެސް އޭރުވެސް ސިވިލް ކޯޓުންވެސް ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. އެމްއީއެސްގެ ކުރީގެ އިމާރާތުގައި ޢިއްޒުއްދީން ސްކޫލު ހިންގަން ފެށީ 2019 ވަނަ އަހަރުއެވެ.

ސިވިލް ކޯޓުން އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމުމުން މާލެ ހައި ކުންފުނިން ވަނީ މިމައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. އެތަނުގައި މިހާރު ހިންގަމުންދާ އިއްޒުން ސްކޫލަށް އެތަން ބޭނުން ނުކުރެވޭނެކަމަށް ކަނޑައަޅައި، އިމާރާތުގައި އެއްވެސް މަސައްކަތެއް ކުރުން ހުއްޓުވުމަށް މިއަމުރުގައި ވަނީ އެދިފައެވެ.

ނަމަވެސް ހައިކޯޓުން މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ އިމާރާތް މިހާރު ބޭނުން ކުރަމުންދާ އިއްޒުއްދީން ސްކޫލަށް އެތަން ބޭނުން ނުކުރެވޭގޮތަށް އަމުރެއް ނެރެދެވެން ނެތްކަމަށެވެ. އެފަދަ އަމުރެއް ނެރެފިނަމަ އެތަން ބޭނުން ކުރަމުންދާ ދަރިވަރުންނާއި ބެލެވެރިންނަށް އެތައް ގެއްލުމަކާއި ކުިރމަތިވާނެކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނެރުނު އަމުރުގައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *