ރަނިލްގެ ގެކޮޅުގައި ރޯކޮށްލައިފި

ރަނިލްގެ ގެކޮޅުގައި ރޯކޮށްލައިފި

ސުރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އަމިއްލަ ގެކޮޅުގައި މުޒާހަރާ ކުރާ ފަރާތްތަކުން ރޯކޮށްލައިފިއެވެ.

ރަނިލް މަޤާމުން އިސްތިއުފާ ދެއްވާނެކަން ހާމަކޮށްފައި ވީނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ލަންކާގެ އެކި ސަރަހައްދުތަކުގައި އަދިވެސް މުޒާހަރާ ކުރަމުންނެވެ.

އެއްވި މީހުން ބޮޑުވަޒީރު ރަނިލްގެ ގެކޮޅު ކައިރިއަށް އެއްވީ މިއަދު ހަވީރުއެވެ. މިރޭ އިރާކޮޅު ރަނިލްގެ ގެކޮޅުގައި ރޯކޮށްލުމުން ސިފައިންވަނީ އަލިފާން ނިއްވުމުގައިވެސް ހަރަކާތްތެރިވެފައެވެ.

އަލިފާންގަނޑު ރޯވެފައިވާލެއް ބޮޑުކަމުން، އިމާރާތްތަކުގެ މަތިންވެސް އަލިފާންގަނޑު ވަނީ އަރާފައެވެ. އަލިފާން ނިއްވުމަށް ގިނަ އަދަދެއްގެ ސިފައިން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ލަންކާގެ މިއަދު ކުރަމުންދާ މުޒާހަރާތަކުގައި ބޮޑުވަޒީރާއި، ރައީސްގެ ގެކޮޅުވެސް ހުރީ އާންމު ރައްޔިތުންގެ ބެލުމުގެ ދަށުގައެވެ. އެއްވި މީހުން ޕްރެޝަރުކުރީ ރައީސާއި، ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވޔމަށް އެއްބަސްވިނަމަވެސް، މިހާތަނަށް ރައީސް ގޯތާބަޔާ އިސްތިއުފާ ދެއްވާނެކަމެއް ނޫންކަމެއްވެސް ސާފެއް ނުވެއެވެ.

ލަންކާގެ ހަމަނުޖެހުން ގޯހުން ގޯހަށްދާއިރު އެޤައުމުގެ ހަމަޖެހުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ރަނިލްގެ ގެކޮޅަށް ޢާއްމުން ވަދެގަނެ ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށް ރަނިލް އިސްތިޢުފާދެއްވަން ނިންމަވާފައިވަނީ އެ ޤައުމުގެ ސިޔާސީވެރިންނާ ބައްދަލުކުރެއްވުމަށްފަހުއެވެ. އެ ބައްދަލުކުރެއްވުމުގައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއާ ގުޅިގެން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ވެރިރަށް ކޮލަމްބޯގައި އިތުރު މުޒާހަރާތަކެއް ބޭއްވުމުން އެ ރަށުގައިވަނީ ކާފިޔު އިޢުލާނުކޮށްފައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުގެ އަމުރަށް ބެލުމެއް ނެތި ރެކޯޑު ޢަދަދެއްގެ ބަޔަކުވަނީ މަގުމައްޗަށް ނުކުމެފައެވެ. އެންމެ ފަހުގެ މުޒާހަރާތަކުގައި ބައިވެރިވެފައިވާ މީހުންގެ ތެރޭގައި ގިނައީ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އަންނި ކޮބާ؟ ހީސްލެވިއްޖެ އެއްނޫން. ގާތްވި ތަނެއްވެސް ނުވާނެ ރަނގަޅެއް.

Leave a Reply

Your email address will not be published. Required fields are marked *