33 މީހުންނާއިއެކު ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓި ކޯސްޓުގާޑުން ހަރަކާތްތެރިވަނީ

33 މީހުންނާއިއެކު ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓި ކޯސްޓުގާޑުން ހަރަކާތްތެރިވަނީ

Author
މުޙައްމަދު ޝަޒައިމް
09 ޖުލައި 2022 08:57
0

އެރިޔަދޫ ރިސޯޓް ކައިރިން ލޯންޗެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްއިން ބުނީ މިލޯންޗަކީ ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން 33 މީހުންނާއެކު ރ.މީދޫއަށް ދަތުރުކުރަމުންދިޔަ "އަލިސް" ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ. މި ލޯންޗުގެ އިންޖީން ހުއްޓުނީ އެރިޔަދޫ ރިސޯޓް ކައިރިންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް މިއަދު 17:59 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ވެލާނާ" ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަޙައްދަށް ދަތުރުކޮށްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ "ވެލާނާ" އަށް އިންޖީނު ހުއްޓުނު ލޯންޗުން ދަތުރުކުރަމުންދިޔަ އެންމެން ބަދަލުކޮށް، މާލެ ގެނައުމަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.