ލީބިޔާގެ ވާދަފެރިތްތަކުން ޓިއުނީޝިޔާގެ ވެރިރަށް ތޫނިސްގައި ދަނީ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދަމުން

ލީބިޔާގެ ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް

ލީބިޔާގެ ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް

ލީބިޔާގެ ވާދަވެރި ޖަމާއަތްތަކުގެ މެދުގައި ކުރިޔަށްދާ ސުލްހައިގެ ވާހަކަތައް، އިންތިގާލީ ސަރުކާރަކާމެދު އެއްބަސްވުމަކަށް ނާދެވި ހުއްޓުމަކަށް އަތުވެއްޖެއެވެ.

ޓިއުނީޝިޔާގެ ވެރިރަށް ތޫނިސްގައި ކުރިޔަށްދާ މިވާހަކަތަކުގެ މަގުސަދަކީ ރިޔާސީ އިންތިޚާބާއި އަދި ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ކުރިން ވަގުތީ ސަރުކާރެއް އެކުލަވާލާ އަދި ރޯޑްމެޕެއް އެކުލަވާލުމެވެ.

އެހެންނަމަވެސް މިވާހަކަަތައް ހުއްޓުމަކަށް އައިސްފައިވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތައް ބަލަހައްޓާނެ އާސަރުކާރަކާމެދު އެއްބަސްވުމަކަށް ވާދަވެރި ފަރާތްތަކުގެ މެދުގައި ނާދެވި ވަނިކޮށެވެ.

ލީބިޔާއަށް ކަޑައަޅާފައިވާ ޔޫއެންގެ އެމްބެސެޑަރ ސްޓެފަނީ ވިލިއަމް އާދީއްތަ ދުވަހު ވިދާޅުވެފައިވަނީ މިވާހަކަތަކުން ހިންހަމަޖެހޭ ވަރުގެ ނަތީޖާތަކެއް ނެރެވިފައިވާ ކަމަށެވެ. ޓިއުނީޝިޔާގެ ވެރިރަށް ތޫނިސްގައި މިވާހަކަތައް ކުރިޔަށް ދަނީ ޔޫއެން މެދުވެރިވެގެން ލީބިޔާގެ ވާދަވެރިފަރާތްތަކުން ހޮވާލެވުނު 75 މަންދޫބުންގެ މައްޗަށް އެކުލެވޭގޮތަށެވެ. އަދި މިހުރިހާ ފަރާތްތަކުންވެސް ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ލީބިޔާގައި އާންމު އިންތިޚާބު ބޭއްވުމަށް އެއްބަސްވެފައެވެ.

ވިލިއަމް ވިދާޅުވެފައިވަނީ މިވާހަކަތަކުގެ ނަތީޖާ އަދި މިހާތަނަށް ރަގަޅުކަމުގައި ވީނަމަވެސް، މިއީ ދާއިމީ ހައްލު ނޫންކަމުގައި ވާހަކަތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް ގަބޫލުކުރާކަމުގައެވެ. އެހެންނަވެސް، ލީބިޔާގެ ރައްޔިތުން، ކަރަންޓާއި ފެނުން މަހުރޫމުވެ ތިބެ، އަދި ކުރިމަތިވެފައިވާ ކޯވިޑް19 ގެ ނުރައްކަލަކީ ލީބިޔާ ހުރިހާ ރައްޔިތުންނަށްވެސް އޮތް ނުރައްކަލުގެ އިންޒާރެއްކަމުގައި ވާހަކަތަކުގައި ބާއިވެރިވާ ހުރިހާ ފަރާތްތަކުންވެސް ގަބޫލު ކުރާކަމުގައެވެ.

ޔޫއެން އިން ލީބިޔާއަށް ކަޑައަޅާފައިވާ އެންވޯއި ވިދާޅުވެފައިވަނީ، ސުލްހައިގެ ވާހަތައް ކާމިޔާބު ކުރުމަށްޓަކާ އަދިވެސް ކުރަންހުރި މަަސައްކަތްތައް ވަރަށް ގިނައެވެ. އަދި ވިދާޅުވީ ސަރުކާރު ތަރުތީބު ކުރާނެ ގޮތްތަކާއި ބާރުތައް ބަހާނެ ގޮތްތަކާ ގުޅެގޮތުން އޮންލައިންކޮށް މަޝްވަރާކުރުމަށް މަންދޫބުން އަންނަ ހަފްތާގައި އަލުން ބައްދަލު ކުރާނެއެވެ. އަދި މީގެއިތުރުން އާންމު އިންތިޚާބާ ގުޅޭގޮތުން ކުރެވެމުންދާ ގާނޫނީ ސުވާލުތަކާ ގުޅޭގޮތުންވެސް މަންދޫބުން މަޝްވަރާ ކުރާނެކަމަށްވެސް ވިލިއަމް ވިދާޅުވެފައި ވެއެވެ.

ވިލިއަމް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އަވައްޓެރި ޓިއުނީޝިޔާގައި ކުރިޔަށް ދިޔަ ވާހަތަކުގައި ސަރުކާރުގެ އިސްމަގާމްތަކަށް ވަޑައިގަންނަވާނެ ފަރާތްތަކުގެ ނަންތަކާއި ގުޅޭގޮތުން އަދި މިހާތަނަށް ވާދަވެރި ފަރާތްތަކުން މަޝްވަރާ ކޮށްފައެއް ނުވެއެވެ. އަދި ވިދާޅުވީ 10 އަހަރުވީ ހަމަނުޖެހުމެއް 1 ހަފްތާ ތެރޭ ހައްލުކުރެވިދާނެ ކަމަށް އުއްމީދު ކޮށްގެން ނުވާނެކަމުގައެވެ.

ލީބިޔާއަށް ކަޑައަޅާފއި ހުންނަވާ ޔޫއެންގެ އެންވޯއި ސްޓެފަނީ ވިލިއަމް ނޮވެމްބަރު 15 ވަނަ ދުވަހު ނޫސްވެެރިންނާ ބައްދަލު ކުރައްވަނީ

ލިބީޔާގެ ސުލްހައިގެ ވާހަކަތައް ފެށިފައިމިވަނީ، ލީބިޔާގައި ހަގުރާމަކުރަމުންދާ މައިގަޑު ދެޖަމާއަތް ކަމުގައިވާ ބައިނަލް އަގުވާމީގޮތުން ބަލައިގެންފައިވާ ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) އާއި ޚަލީފާ ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީ (އެލްއެންއޭ) އާއި ދެމެދު ހަގުރާމަ ހުއްޓާލުމަށް އެބަސްވުމަކަށް އާދެވިފައިވަ ވަނިކޮށެވެ.

އެހެންނަމަވެސް މިފަހަރުގެ ސުލްހައިގެ ވާހަތަކަށްވެސް ލީބިޔާގެ ގިނަ ރައްޔިތުން އިތުބާރެއް ނުކުރެއެވެ. ސަބަބަކީ މިހާތަނަށް ބޭއްވުނު ހުރިހާ ސުލްހައިގެ ވާހަކަތަކެއް ވެސް ނާކާމިޔާބު ވެފައި ވުމާއި އަދި 10 އަހަރުވީ ލޭއޮހޮރުވުމާއި ހަމަނުޖެހުންތަކަށް ހައްލެއްނައިސް ދިގުލައިގެން ގޮސްފައިވާތީއެވެ.

2014 ވަނަ އަހަރަށްފަހު ލީބިޔާގެ ސަރަހައްދުތައް ވަނީ ޚަލީފާ ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީ އާއި އަދި ބައިނަލް އަގުވާމީގޮތުން ބަލައިގެންފައިވާ ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑްއާއި ދެމެދު ބެހިފައެވެ.

ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑް ބޮޑަށް މަޝްހޫރުވެގެން އައީ 2015 ވަނަ އަހަރު ޔޫއެން މެދުވެރިވެގެން އެކުލަވާލެވުނު ސުލްހައިގެ އެއްބަސްވުމަކަށްފަހު އުފެދިގެން އައި ސަރުކާރެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ލީބިޔާގެ އިރުމަތީގައި އުފެދިފައިވާ ފެކްޝަންތަކުން މިސަރުކާރު ގަބޫލެއް ނުކުރެއެވެ.

ފާއިތުވެދިޔަ އަހަރު ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީއިން ވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ހިފުމަށް ވަރުގަދަ ހަމަލާތަކެއް ފަށާފައެވެ. އެހެންނަމަވެސް ލީބިޔާގެ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑްއިން މިހަމަލާރައް ހުއްޓުވާ ޚަލީފާ ހަފަތަރުގެ އާރމީ ދުރަށް ޖައްސާފައި ވެއެވެ.

ޚަލީފާ ހަފްތަރުގެ ލީބިޔަން ނޭޝަނަލް އާރމީއަކީ ޔުނިައިޓެޑް އަރަބި އެމިރޭޓްސް، ރަޝިޔާ އަދި މިސްރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހަތިޔާރު އެޅި ޖަމާއަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *