ރައްޔިތުންގެ ބާރުވެރިކަން ދެއްކުމުންވެސް ރަނިލް އިސްތިއުފާދޭން ދެކޮޅު ހައްދަވައިފި

ރައްޔިތުންގެ ބާރުވެރިކަން ދެއްކުމުންވެސް ރަނިލް އިސްތިއުފާދޭން ދެކޮޅު ހައްދަވައިފި

Author
މުޙައްމަދު ޝަޒައިމް
09 ޖުލައި 2022 05:21
0

ލަންކާގެ ހާލަތާއި ގުޅިގެން އެތައްހާސް ބަޔަކު ލަންކާގައި މިއަދު ކުރަމުންދާ މުޒާހަރާއާއި ގުޅިގެން ޕާޓީތަކާއިއެކު ބޭއްވި ބައްދަލުވުމުގައި، މަޤާމުން އިސްތިއުފާ ދެއްވުމަށް ހުރިހާ ޕާޓީތަކަކުން އެދުނު ނަމަވެސް ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިއުފާދޭން ރަނިލް ދެކޮޅު ހައްދަވައިފިއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި ޕާޓީތަކުން ވަނީ އެއްވެސް ޝަރުތަކާއި ނުލައި ބޮޑުވަޒީރާއި، ރައީސް އޮސްތިއުފާ ދިނުމަށެވެ. ނަމަވެސް ޕާޓީތަކުން އެދުނު ގޮތަށް އިސްތިއުފާ ނުދެއްވާނެކަމަށް ރަނިލްވަނީ ހާމަކުރައްވާފައެވެ.

މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ ރިޔާސަތު ބަލަހައްޓަވާ ޕާޓީގެ ލީޑަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެމްބަރަކު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު ވެސް އިސްތިއުފާ ދެއްވުމަށް ޕާޓީތަކުން ވަނީ އެދިފައެވެ. ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލްވުމުގައި ހުރިހާ ލީޑަރުން ވެސް ވަނީ ހުރިހާ ޕާޓީތަކެއް ބައިވެރިވާ ސަރުކާރެއް ގާއިމު ކުރުމަށް ހުށައަޅުއްވާފައެވެ.

ޕާޓީތަކުގެ މަޝްވަރާގައި ރަނިލް ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައިވާއިރު، ރައީސްގެ އިސްތިއުފާ އަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް، ރައީސް ގޮޓާބަޔަ އަށް ސިޓީ ފޮނުއްވަން ނިންމެވި ކަމަށް ލަންކާގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައެވެ.

ޕާޓީތަކުގެ މަޝްވަރާގައި ރައީސާއި ބޮޑުވަޒީރު ވެސް އިސްތިއުފާ ދެއްވައި ގާނޫނުހަދާ މަޖިލީހުގެ ރައީސަށް ގައުމު ހަވާލުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.