އާލިއާގެ ހޮލީވުޑް ފިލްމުގެ ޝޫޓިންތައް ނިންމާލައިފި

އާލިއާގެ ހޮލީވުޑް ފިލްމުގެ ޝޫޓިންތައް ނިންމާލައިފި

Author
ޢަލީ އާދަމް
09 ޖުލައި 2022 04:59
0

ބޮލީވުޑްގެ އެކްޓަރ އާލިއާ ބަޓް ހޮލީވުޑަށް ތަޢާރަފްވާ ފިލްމު "ދަ ހާޓް އޮފް ސްޓޯން"ގެ ޝޫޓިންތައް ނިންމާލައިފިއެވެ.

އާލިއާ އެކު ފިލްމުން ފެނިގެންދާ، "ވޮންޑާ ވުމަން"ގެ ތަރި ގަލް ގެޑޮޓް އިންސްޓަގްރާމް ސްޓޯރީގައި އިއްޔެވަނީ ފިލްމުގެ ޝޫޓިން ނިންމާލިކަން އިއުލާން ކޮށްފައެވެ. އާލިއާއަށް ތަޢުރީފްކޮށް އިންސްޓަގްރާމް ސްޓޯރީގައި ގަލް ގެޑޮޓް ބުނެފައިވަނީ އާލިއާ އަކީ ކުޅަދާނަ ފަންނާނެއް ކަމަށާއި އެހާމެ ރަނގަޅު މީހެއް ކަމަށެވެ.

ގަލް ގެޑޮޓްގެ މި ސްޓޯރީގައި ވަނީ ފިލްމުގެ ސެޓުގެ ބައެއް ފޮޓޯތަކާއެކު އާލިއާ އިއްޔެ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ގަލް ގެޑޮޓާއެކު ނަގާފައިވާ ފޮޓޯ ހިމަނާފައެވެ. އާލިއާގެ ޕޯސްޓުގައި ވަރަށް އަވަހަށް އެނބުރި ގައުމަށް އަންނާނެ ކަމަށް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

މި ދެމީހުންގެ އިތުރުން ޖެމީ ޑޮނާންވެސް މި ފިލްމުން ފެންނާނެއެވެ. މި ފިލްމުގެ ވާހަކަ އެނބުރެނީ ޖާސޫސެއްގެ ގޮތުގައި ރޭޗަލް ސްޓޯންގެ ރޯލު ކުޅޭ ގަލް ގަޑޮޓްގެ ވަށައިގެންނެވެ. ފިލްމު އިސް ބަތަލާއަކީ އޭނާއެވެ. ފިލްމުގެ ވާހަކަ ރާވާލެވިފައި ވާގޮތުން ސުލްހައަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާއަތެއްގެ އެއްމެ މުހިންމު އަދި ނުރައްކާތެރި ރައުސުލްމާލު ބީވެ ދިޔަނުދީ ސަލާމަތްކޮށްދެވޭނެ ހަމަ އެކަނި މީހަކީ ގަޑޮޓްއެވެ.

އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމަކީ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރ ޓޮމް ހާޕާ ޑައިރެކްޓްކޮށް ނެޓްފްލިކްސް އިން ގެނެސްދޭ ސްޕައި ތުރިލާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.