އެއްވެސް ކުށެއްނެތި ހައްޔަރުކޮށްފައިވާ މީހުން މިނިވަންކޮށް، ހެދިފައިވަ ގޯސްތަށް މި ބަރަކާތްތެރި ދުވަހު ނިމުމަކަށް ގެނައުމަށް ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު ފުލުހުންގެ މުވައްސަސާއަށް ގޮވާލައިފިއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 21 މީހަކު ހައްޔަރުކޮށް ވާނުވާގައި ބައިތިއްބާފައިވާތާ އެތައް ދުވަސްވެގެންދާއިރުވެސް މިކަމަށް ނިމުމެއް އައިސްފައި ނުވާތީ ކަންބޮޑުވުން ފާޅު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޝައިޚު އިޔާޒު ވަނީ ތަކުރާރުކޮށް މިޢަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިން ކަމުގައިވާ ޝައިޚު ނިޝާންއާއި، ޝައިޚު ފަޒުލޫން މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި މިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެހެން މީހުންވެސް މިނިވަންކުރުމަށް ގޮވާލާފައެވެ. ގޯޔާ ހަރަކާތަކީ ދީނީ ގޮތުން ހިންގޭނެ ހަރަކާތަކަށްނުވާއިރު، އެފަދަ ޝިރުކުގެ ޢަމަލަކަށް ޖާގަ ދިނުމަކީ ފުރުތަމަ ހެދި ގޯސްކަމަށް ޑރ.އިޔާޒު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
މާތްވެގެންވާ ޢަރަފާތު ދުވަހުގެ މުސްލިމު އަހުންގެ ތެރެއިން އެއްވެސް ކުށަކާއި ނުލައި ހައްޔަރުކޮށް އަނިޔާ ދެމުންދާ މީހުން ދޫކޮށްލުމަށް ގޮވާލައި ޑރ.އިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބަޔަކު މީހުން ހިންގި ހަމަނުޖެހުމެއްގެ ޒިންމާ ވަކި ބަޔެއްގެ ބޮލުގައި އެޅުވުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. މިފަދަ ގޯސްތައް ތަކުރާރު ނުކުރައްވައި ނުހައްގު އަނިޔާދޭ މީހުން މިމާތްދުހު މިނިވަން ކުރުމަށް ޑރ.އިޔާޒު ވަނީ ގޮވާލާފައެވެ.
އެއްވެސް މީހަކު އަނެކާ ކުރާ ނުބައި ޢަމަލުތަކުގެ ޒިންމާ އުފުއްލާކަށް ނުޖެހޭނެ. ބަޔަކު މީހުން ހިންގި ހަމަނުޖެހުމެއްގެ ޒިންމާ ވަކި ބަޔެއްގެ ބޮލުގައި އެޅުވުމަކީ ވަރަށް ބޮޑު އަނިޔާއެއް. ޢަރަފާތްދުވަހު އެކަން ނިމުމަކަށް ގެންނަވާ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމަކީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއެއްގެ ސަބަބުން ހިނގި ކަމެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިހަރަކާތް ހިންގާފައިވަނީ އިސްލާމިކް މިނިސްޓްރީން މިކަމަސް ޖާނަ ނުދިނުމަށް ފުލުހުންނަށް ސިޓީއެއްވެސް ފޮނުވާފައި ވަނިކޮށެވެ. ނަމަވެސް ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ އެފަދަ ސިޓީއެއް ނުފޮނުވާކަމަށް ވިދާޅުވެފައެވެ.
މިހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރި އެއްވެސް މީހަކަސް ދައުވާކޮށްފައި ނުވާއިރު، މިހާ ގިނަ ދުވަހު ވާނުވާގައި ޖަލުގެ ކުޑަގޮޅީގައި ބޭތިއްބުމަކީ ސަރުކާރުން ހަދާ ވަރަށް ބޮދު ގޯހެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ