ރަންބީރުގެ ސިކްސްޕެކުން ފޭނުން ހިތް ކުދިކޮށްލައިފި

ރަންބީރުގެ ސިކްސްޕެކުން ފޭނުން ހިތް ކުދިކޮށްލައިފި

Author
ޢަލީ އާދަމް
06 ޖުލައި 2022 09:22
0

ބޮލީވުޑްގެ ޒުވާން އެކްޓަރ ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ޝަމްޝޭރާ"ގެ ޕްރޮމޯޝަންތައް ވަރަށް ބާރު ސްޕީޑުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. ޔަޝްރާޖް ފިލްމްސް އިން ގެނެސްދޭ މިފިލްމުގައި ރަންބީރާއެކު ފެނިގެންދާނީ ވާނީ ކަޕޫރެވެ. މީގެ އިތުރުން ސަންޖޭ ދަތާއި ރޯނިތު ރޯއީވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ފިލްމުގެ ޕްރޮމޯޝަން ތަކުގެ ތެރެއިން ޔަޝްރާޖް ފިލްމްސް އިން އިއްޔެ ވަނީ ރަންބީރުގެ ފޮޓޯއެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައެވެ. މިފޮޓޯގައި މެރޫން ކުލައިގެ ކޯޓު ފަޓުލޫނުގައި ރަންބީރު ހުރީ އޭނާގެ ކޯޓުގެ ގޮށްތައް ދުރުކޮށްލައި ސިކްސްޕެކް ފެންނާނެ ހެންނެވެ.

 

View this post on Instagram

 

A post shared by Yash Raj Films (@yrf)

ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ރަންބީރުގެ ގިނަ ފޭނުންވަނީ ފޮޓޯއަށް ކޮމެންޓްތައް އޮއްސާލާފައެވެ. އެގޮތުން ފޮޓޯއަށް ކޮމެންޓް ކުރި ބައެއް ފޭނުން ވަނީ ފޮޓޯއަށް ފަހު "ޝަމްޝޭރާ" ބަލާލުމަށް އިތުރަށް ކެތްމަދުވެފައި ވާކަމަށް ބުނެފައެވެ.

މިމަހު 22 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ތައްޔާރުވެފައިވާ މި ފިލްމަކީ ހިންދީ އާއި ތަމަޅަ އަދި ޓެލުގޫ ބަހުންނެރޭ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.