ގާޒީ ޒުބައިރު މަގާމުން އިސްތިއުފާ ދެއްވައިފި

ގާޒީ ޒުބައިރު މަގާމުން އިސްތިއުފާ ދެއްވައިފި

Author
ހުސެއިން
04 ޖުލައި 2022 05:11
0

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އަދި ޒުބައިރުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ލިބިފައިވާކަން އެކޮމިޝަނުން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައި ވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވަނީ މިމަހުގެ 17ވަނަ ދުވަހުން ފެށިގެންނެވެ.

ޒުބައިރު އިސްތިއުފާ ދެއްވާ ވަކި ސަބަބެއް އިސްތިއުފާގެ ސިޓީގައި ބަޔާން ކުރައްވާފައި ނުވާއިރު، ޖޭއެސްސީން އޭނާގެ ސުލޫކީ މައްސަލައެއްވެސް ބަލަމުން ނުދާކަންވެސް އޭއެސްސީންގެ ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

ޒުބައިރު ގާޒީކަމުން އިސްތިއުފާ ދެއްވާފައިވާއިރު، ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ ދެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރޭގައިވެސް ޒުބައިރު ހިމެނިވަޑައި ގަންނަވައެވެ.

ޑްރަގު ކޯޓުގައި ޒުބައިރު މަސައްކަތް ކުރައްވަމުން ވަޑައިގަންނަވަނިކޮށް އޭނާ ސިވިލް ކޯޓަށް ބަދަލު ކުރައްވާފައިވަނީ 2015ވަނަ އަަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.