މަގުހެދުމުގެ މަޝްރޫޢު އާރުޑީސީއާއި ހަވާލުކުރަން މާލޭސިޓީގެ އެމްޑިޕީގެ މެމްބަރުންވެސް ދެކޮޅު

މަގުހެދުމުގެ މަޝްރޫޢު އާރުޑީސީއާއި ހަވާލުކުރަން މާލޭސިޓީގެ އެމްޑިޕީގެ މެމްބަރުންވެސް ދެކޮޅު

Author
ހުސެއިން
04 ޖުލައި 2022 04:57
0

މާލޭގެ އެންމެ ބޮޑު އެެއް މަގު ކަމުގައިވާ އަމީނީ މަގުގައި ތާރަ އެޅުމަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާއެކު 84 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ، މި މަޝްރޫއު އާރުޑީސީއާއި ހަވާލުކޮށްގެ ކުރިޔަށް ގެންދިއުމަށް، މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުންވެސް ދެކޮޅު ހައްދަވައިވިއެވެ.

މިއަދު މާލޭ ސިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ސަރުކާރުން ކޮށްފައިވާ ޕްލޭނާ ދެކޮޅުކަން މާލޭސިޓީގައި ހިމެނިވަޑައިގެންނަވާ މާލޭގެ އެމްޑީޕީ މެމްބަރުން ދެކޮޅަށް ވާހަަކަ ދައްކަވާފައިވަނީ، މިމަޝްރޫއު ސިޓީ ކައުންސިލުން އާރުޑިސީއާއި ހަވާލު ކޮށްގައިވަނީ 39 މިލިއަން ރުފިޔާއަށްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭސީޓީގެ މޭޔަރު ވިދާޅުވި ގޮތުގައި، 39 މިލިއަން ރުފިޔާއަށް ކުރުމަށް އެކައުންސިލުން ހަވާލުކުރި މަޝްރޫޢެއް 84 މިލިއަން ރުފިޔާއަށް ހަވާލު ކުރުމުން އެއަށް ކޮރަޕްޝަން ނޫން އެހެން ނަމެއް ދެވެން ނޯންނާނެ ކަމުގައެވެ.

މަޝްރޫއު 39 މިލިއަނަށް ހަވާލުކޮށްފައި އޮއްވައި 84 މިލިއަނަށް ހަވާލުކުރީމަ ދެން މިއަށް ކިޔާނީ ކޮރަޕްޝަން ނޫނީ ވަކި ކޮން އެއްޗެއްތޯ. ހަމަ އިސްރާފެއް ނޫންތޯ ކުރެވެނީ. އެތަން އަތުލަންޏާ އަޅުގަނޑުމެން ބަދުނާމުކޮށްފައި ވެސް ގާނޫނީ ހަމައިގެ ތެރެއިން އެކަން ކުރަންވީ،

މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ މައިސަރުކާރުން ނުފޫޒު ހިންގައިގެން ކުރާ މިފަދަ ކަންކަމުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ވަމުން ދާކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރުވެސް މިމަޝްރޫއު ކުރިޔަށް ގެންދިއުމަށް ކޮންޓެރެކްޓެއް އޮއްވާ، ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، ކުއްލިއަކަށް މިމަޝްރޫޢު ޕްލެނިން މިނިސްޓްރީއާއި ހަވާލުކުރުމުން އާނާ ހިތާމަކުރާ ކަމަށާއި، ބޭނުންވާ ލާމަރުކަޒީ ނިޒާމުގެ ތަސައްވުރަކީ މިއީ ނޫން ކަމުގައެވެ.

މިހާރު އާރުޑީސީއާއެކު ސޮއި ކޮށްފައިވާ މިމަޝްރޫއު ސިޓީ ކައުންސިލުން ވަކިކޮށް، ސަރުކާރުން މަޝްރޫޢު ޕްލޭމިން މިނިސްޓްރީއާއި ހަވާލު ކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް ވިދާޅުވަމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، މިމަޝްރޫޢު އަތުލާފައިވަނީ މަސްކަތް ނުކުރެވި ލަސްވާތީކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައި ވިނަމަވެސް، މިފަދަ އެއްވެސް އެންގުމެއް ރައީސް އޮފީހުން މިހާތަަނަށް އެ ކައުންސިލަށް އަންގާފައި ނުވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.