އިސްފަސްކޮށް ކުރެވޭ މަސައްކަތުން އިތުބާރު ގެއްލި، މަގްސަދު ހާސިލުވުން ދުރުވާނެ: އާތިފް

އިސްފަސްކޮށް ކުރެވޭ މަސައްކަތުން އިތުބާރު ގެއްލި، މަގްސަދު ހާސިލުވުން ދުރުވާނެ: އާތިފް

ގުޅުންހުރި

އިސްފަސްކޮށް ކުރެވޭ މަސައްކަތުން އިތުބާރު ގެއްލުމުގެ އިތުރުން މަގްސަދު ހާސިލުވުން ދުރުވާނެ ކަމުގައި އެމްއެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

އާތިފްއަކީ އިޢްތިޞާދީ ތަޖުރިބާ ބޮޑު، ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިގްތިސާދީ ކާރިސާއާ ގުޅިގެން އަގުތައް އުފުލޭތީ، ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން މަޝްވަރާތައް ސަރުކާރުން ފަށާފައިވާއިރު އާތިފް ވަނީ މިކަމުގައި އޭނާގެ ޚިޔާލު ސަރުކާރާއި ހިއްސާކޮށްފައެވެ.

ޚަރަދުދެކޮޅު ނުޖެހޭ ނަމަ ސަރުކާރުން އަޅަން ރަނގަޅު ފިޔަވަޅު ތަކުގެ ތަރުތީބު:

1. ސަރުކާރުގެ ހިންގުމުގެ ޚަރަދު ކުޑަކުރުން
2. އުފެއްދުން ތެރިކަމަށް ހިއްސާ ނުކުރާ ހޭދަ މަޑުޖައްސާލުން
3. ސަބްސިޑީގެ ހިޔަލުގައި ތިބި ވިޔަފާރިތަކާއި ފޯރުންތެރިން އެއްފަރާތް ކުރުން
4. ޓެކްސް އިތުރުކުރަން ޖެހޭނަމަ ފުރަތަމަ ޕްރޮގްރެސިވްކޮށް މުއްސަނދިންގެ އާމްދަނީން
5. ޖީއެސްޓީ ފަދަ ނިކަމެތިންނަށް ބަރުބޮޑު ޓެކްސް އިތުރު ކުރުންރަނގަޅީ އެންމެ ފަހުން

އާތިފް ވިދާޅުވީ އިސްފަސްކޮށް ކުރެވޭ މަސައްކަތުން އިތުބާރު ގެއްލުމުގެ އިތުރުން މަގްސަދު ހާސިލުވުން ދުރުވާނެކަމަށެވެ. ޚާއްސަކޮށް ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ލަސްކޮށް އާންމު ރައްޔިތުންގެ އާމްދަނީއާއި ގުޅުންހުރި ކަންކަމާއި ކުޅެން ފަށައިފިނަމަ އިޤްތިޞާދީ ނޭދެވޭ އަސަރު ކުރާނެކަމަށް އާތިފް ވިދާޅުވިއެވެ.

ސަރުކާރުން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން މަޝްވަރާ ފަށާފައިވާއިރު ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށެވެ. އަދި އެއީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކުރުމުގެ ހުށަހެޅުމަށް ދަނީ ތައްޔާރު ވަމުންނެވެ.

މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 2011 އަހަރު އަމަލު ކުރަން ފެށިއިރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ 3.5 ޕަސެންޓެވެ. އެއަށްފަހު 2012 އަހަރުގެ ހަ ޕަސެންޓުގެ ޓީޖީއެސްޓީ ބޮޑު ކުރިއެވެ. އެންމެ ފަހުން ޓީޖީއެސްޓީއަށް ބަދަލު ގެނެސްފައިވަނީ 2014 ވަނަ އަހަރުއެވެ. އެ އަހަރު ވަނީ ޓީޖީއެސްޓީން 12 ޕަސެންޓް ނަގަން ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކިތަންމެ ތަޖުރިބާހުރި ކިތަންމެ ރަނގަޅު މީހަކު ކިތަންމެ ރަނގަޅު ވާހަކައެއް ބުންޏަސް މި ބޯހަރު މައްކާރުންގެ ސަރުކާރުގެ ރައީސް ގަބޫލެއް ނުކުރާނެ، އެއް.ެން ވެގެން ވަރަށް މަދުން ހުންނަވާ ރއީސެއް ކަމަހ ލޭބަލް ކުރާނެ، އެއީ ތެދެއް ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ، އެހެންވެތާ ރައިއްޔަތުންނަށް މިވަރަކަށް ދަތި މިކުރަނީ، ރައިއްޔަތުން ފެލާނެ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ