މިއަހަރުގެ މިސް އިންޑިއާ އަކަށް ސިނީ ޝެއްޓީ

މިއަހަރުގެ މިސް އިންޑިއާ އަކަށް ސިނީ ޝެއްޓީ

Author
ޢަލީ އާދަމް
04 ޖުލައި 2022 06:43
0

މިއަހަރުގެ އިންޑިއާގެ ރީތީގެ ރާނީއަކަށް، ކަރްނާޓަކާއަށް ނިސްބަތްވާ ސިނީ ޝެއްޓީ ހޮވިއްޖެއެވެ.

މަހެއްހާ ދުވަހުގެ ދިގު އިންތިޒާރަކަށްފަހު މިއަހަރުގެ "ފެމީނާ މިސް އިންޑިއާ" ގެ ގްރޭންޑް ފިނާލޭ ބާއްވާފައިވަނީ ރޭ މުމްބާއީގެ ޖިއޯ ކޮންވެންޝަން ސެންޓަރުގައެވެ.

ރޭގެ ހަފްލާގައި "ފެމީނާ މިސް އިންޑިއާ 2022″ އަކަށް ސިނީ ހޮވުނުކަން އިއުލާން ކުރުމާއެކު އިންޑިއާގެ ރީތީގެ ރާނީގެ ތާޖު އޭނާގެ ބޮލުގައި އަޅުވައިދިނީ މިދިޔަ އަހަރު އެ ތާޖު ހާސިލްކުރި މަނާސާ ވަރަނަސީ އެވެ.

 

View this post on Instagram

 

A post shared by Femina Miss India (@missindiaorg)

މިއަހަރުގެ އިންޑިއާގެ ރީތީގެ ރާނީއަކަށް 21 އަހަރުގެ ސިނީ ހޮވިފައި ވާއިރު މި މުބާރާތުގެ ދެވަނަ ހޯދީ ރާޖިސްތާނަށް ނިސްބަތްވާ ރުބަލް ޝެކާވަތެވެ. އަދި ތިންވަނަ އަށް ހޮވިފައިވަނީ އުއްތަރް ޕްރަދޭޝްގެ ޝިނާތާ ޗައުހާނެވެ.

 

View this post on Instagram

 

A post shared by Femina Miss India (@missindiaorg)

މިއަހަރުގެ މިސް އިންޑިއާ ސިނީ ޝެއްޓީގެ ތައާރަފަކަށް ބަލާލާއިރު އޭނާ ކަރްނާޓަކާއަށް ނިސްބަތްވިޔަސް އޭނާ އުފަންވީ މުމްބާއީގައެވެ. މިހާރު ޗާޓާޑް ފައިނޭންޝަލް އެނަލިސްޓްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަމުންދާ ސިނީ އެންމެ ޝައުގުވެރިވަނީ ނެށުމުގެ ދާއިރާއަށެވެ. އުމުރުން 4 އަހަރުން ފެށިގެން ނެށުމަށް ޝައުގުވެރިވެ އެދާއިރާއިންވެސް އޭނާ ވަނީ ބައެއް ތަމްރީންތައް ފުރިހަމަކޮށްފައެވެ.

ރޭގެ މިސް އިންޑިއާ ގްރޭންޑް ފިނާލޭގައި ބޮލީވުޑްގެ ބައެއް ތަރިންގެ ފުރިހަމަ ހުށަހެޅުންތަކެއްވެސް ފެނިގެންދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.