ފެންފުށިން ގެއްލުނު ދެޒުވާނުންވެސް ފެނިއްޖެ، ހާލު ސީރިއަސް

ފެންފުށިން ގެއްލުނު ދެޒުވާނުންވެސް ފެނިއްޖެ، ހާލު ސީރިއަސް

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2022 07:31
0

އދ.ފެންފުށީ ތުޑީ ސަރަހައްދުގައި އުޅެނިކޮށް މޫސޫން ގޯސްވެ، އެރި ރާޅަކާއިއެކު ގެއްލުނު ދެ ޒުވާނުންވެސް ފެނިއްޖެއެވެ.

މިއަދު ހަވީރު ހިނގި މިހާދިސާގައި ދެ ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއެވެ. މިހާރު ދެ ޒުވާނުންވެސް ފެނިފައިވާއިރު، އެދެ ޒުވާނުންނަށްވެސް ފަރުވާ ދެމުންދަނީ އެރަށު މަރުކަޒުގައެވެ. އެރަށުން މައުލޫމާތު ދިން މީހަކު ބުނީ ދެ ޒުވާނުންގެ ހާލުވެސް ސިރިއަސްކަމަށެވެ.

ގެއްލުނު ދެވަނަ ޒުވާނާ ހޯދުމަށް އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ޑިންގީތަކުގައި ޒުވާނާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިޒުވާނުން ތުޑީގައި ތިއްބަައި މޫސުން ގޯސްވެ އުދަބާނިގަނޑުގައި ޖެހުމުން ޒުވާނުން ވަނީ އެއްގަމަށް އެރުމަށް މަސައްކަތް ކޮށްފައެވެ. އެސަރަހައްދުގައި މި ޒުވާނުން ތިބީ ފޮޓޯ ނެގުމަށްކަމަށް މައުލޫމާތުލިބެއެވެ. އޭރު އެސަރަހައްދުގައި 4 ޒުވާނުން ތިއްބެވެ.

މިހާދިސާގައި ފަރުވާ ދެމުންދާ ދެ ޒުވާނުން އިތުރު ފަރުވާއަށް ފުރުވާލުމުގެ މަސައްކަތް އެރަށު ކައުންސިލުން ދަނީ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.