ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި އަޑުގަދަކުރި މީހާ ދޫކޮށްލައިފި

ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި އަޑުގަދަކުރި މީހާ ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2022 06:59
0

މިއަދުގެ ހުކުރު ނަމާދަށް ދިޔަ މީހަކު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މައްސަލައިގައި ހައްޔަރު ކުރުމަށްފަހު އޭނާ ދޫކޮށްލައިފިއެވެ.

މިއަދުގެ ހުތުބާ ފެށުމުގެ ކުރިން، އައިއެސް ލޯގޯ ޖެހި ޖުއްބާއެއްގައި، މިސްކަތައްވަދެ އެ މީިހާވަނީ މިންބަރަށް އަރާ ފާތިހާ ސޫރަތް ކިޔަވާފައެވެ. އަދި ދީނީ ނަސޭހަތް ދޭފަދަ ރާގަކަށް ދިވެހިން އެއްޗެހިތަކެއް ކިއެވެ. ނަމަވެސް މާގިނަ އިރުތަކެއްނުވެ އެ ވަގުތު މިސްކިތުގައި ތިބި ފަރާތްތަކުން ވަނީ އޭނާ އެތަނުން ބާލާފައެވެ. އަދި ފުލުހުން އެތަނަަށް އައިސް އޭނާ ހައްޔަރު ކުރިއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ މީހެއްކަމަށް ފުލުުން ވަނީ ބުނެފައެވެ. އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު މާގިނައިރުތަކެއް ނުވަނީސް ވަނީ އާއިލާއާ ހަވާލުކޮށްފައެވެ. އަދި އޭނައަކީ ނަފްސާނީ ބަލި ހުންނަ މީހެއްކަމަށް ފުލުން ވަނީ ބުނެފައެވެ.

މިސްކިތްތަކުގައި ނަމާދުކޮށް، ޚުތުބާދީ ދީނީ ވައުޟު ބުނެވޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކުރާ ފަރާތްތަކަށެވެ. މިމީހާ އަކީ މިފަދަ އެއްވެސް ހުއްދައެއް އޮތްމީހެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.