ލޭބަރ ޕާޓީ އުވާލަން ނިންމައިފި

ލޭބަރ ޕާޓީ އުވާލަން ނިންމައިފި

Author
މުޙައްމަދު ޖިމީ
30 ޖޫން 2022 06:19
0

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާ އެޕާޓީއަށް ނޯޓިސްދީފިއެވެ.

ލޭބަރ ޕާޓީ އުވާލަން ނިންމާފައިމިވަނީ ޕާޓީތަކުގެ ދަފްތަރުގައި 3000 މެމްބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ތިން މަސް ދުވަހުގެ މުއްދަތުގައި އެ ޢަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުންނެވެ. ލޭބަރ ޕާޓީ އުފައްދާފައިވަނީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނެވެ.

އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި  ވަނީ، ގާނޫނުގައި ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ވާޖިބު ކުރާ 3000 މެންބަރުން ހަމަކުރުމަށް ލޭބަރ ޕާޓީއަށް ތިން މަސް ދުވަސްދެވި، އެ މުއްދަތު ޖޫން 14 ވަނަ ދުވަހަށް ހަމަވިއިރު، 3000 މެންބަރުން އެ ޕާޓީއަށް ހަމަވެފައިނުވާކަަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން އެޕާޓީ އުވާލުމަށް ނިންމީކަމަށް އީސީން ބުންޏެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ލޭބަރ ޕާޓީ އުވާލަން ނިންމާ އެޕާޓީއަށް ނޯޓިސްދީފައިވާކަމަށާއި، ޕާޓީ އުވާލަން ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަަމަށެވެ. އެގޮތުން ޕާޓީގެ ދަރަންޏާއި އެޕާޓީން ޒިންމާވާންޖެހޭ ކަންކަން ބަލާނެކަމަށް އީސީން ބުންޏެވެ.

ތިންހާސް މެންބަރުން ހަމަނުވާ ޕާޓީތަކަށް މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި މެންބަރުން ހަމަކޮށްފައިވަނީ، ޑީއާރުޕީ، އެމްޓީޑީއާއި އެމްއާރުއެމް އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.