ހިޔާ ފްލެޓުތަކަށް ފެންވަންނަ މައްސަލަ ހައްލުކުރަން ފަށައިފި

ހިޔާ ފްލެޓުތަކަށް ފެންވަންނަ މައްސަލަ ހައްލުކުރަން ފަށައިފި

Author
މުޙައްމަދު ޖިމީ
30 ޖޫން 2022 04:59
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުޑަދޮރުން ފްލެޓްތެރެއަށް ފެން ވަނުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

އެކުންފުނިން ބުނީ ފެން ވަނުމުގެ މައްސަލައަށް ހައްލު ގެނައުމަށް ބޭނުންވާ ތަކެތި ލިބުމާއި ގުޅިގެން ޝަކުވާ ހުށައަޅާފައިވާ ތަރުތީބުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެޗްޑީސީން ބުނީ މިއަދުން ފެށިގެން މައްސަލަ ހުށައަޅާފައިވާ ފަރާތްތަކާއި އެޗްޑީސީން ގުޅަމުންދާނެކަމަށެވެ. އެހެންކަމުން ފްލެޓް މަރާމާތުކުރުމަށް ތާވަލުކުރުމުން ފްލެޓަށް ވަދެވޭނެހެން އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެކުންފުނިން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި އެހެންދުވަސްތަކުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 6:00އަށް ކަމަށެވެ. ހިޔާ ފްލެޓްތަކުގެ ކުޑަދޮރުން ފްލެޓްތެރެއަށް ފެން ވަނުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއްމުންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުމަކީ އެޗްޑީސީން ޚާއްޞަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.