ޝައިނީ ބިގްބޮސްއަށް!

ޝައިނީ ބިގްބޮސްއަށް!

Author
ފާތިމަތު ނާވީ
01 ޖުލައި 2022 05:31
0

ސަލްމާން ޚާން ހުށަހަޅައިދޭ މަޝްހޫރު ރިއަލިޓީ ޝޯ "ބިގްބޮސް"ގެ 16 ވަނަ ސީޒަނުން ކުރީގެ އެކްޓަރ ޝައިނީ އަހޫޖާ ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ކަލާސް ޓީވީން ގެނެސްދޭ މި ޝޯ އަކީ، އެކި ދާއިރާތަކުން ހޮވާލާ ފަންނާނުންނާ އެކުގައި ކުރިއަށް ގެންދާ ޝޯއެކެވެ. ޝައިނީގެ އިތުރުން ވެސް ގިނަ ފަންނާނުންތަކެއް މި ސީޒަންގައިވެސް ފެނިގެން ދާނެއެވެ.

ބޮލީވުޑްގައި ހޭދަކުރި ދުވަސްކޮޅުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ޝައިނީއަކީ ވަރަށް ގިނަބަޔަކަށް ކަމުދިއަ ތަރިއެކެވެ. ނަމަވެސް އޭނާގެ ކެރިއަރު ހަލާކުވީ ގޭގައި ގެންގުޅުނު މެއިޑަކަށް ޖިންސީ ގޯނާކޮށްގެން އެކަން ސާބިތުވުމުންނެވެ.

މިހާރު އެއްގޮތަކަށް ވެސް ފިލްމަކުން ނުފެންނަ ޝައިނީގެ މަޝްހޫރު ފިލްމް ތަކުގެ ތެރޭގައި "ގޭންގްސްޓާ"، "ބޫލް ބުލައްޔާ"، "ވޯ ލަމްހޭ"، ފާހަގަ ކޮށްލެވެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިއައީ 2015 ގެ "ވެލްކަމް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.