އެކްޓަރަކަށް ނުވިނަމަ ވާނީ ދަނޑުވެރިއަކަށް: ޕަންކަޖް

އެކްޓަރަކަށް ނުވިނަމަ ވާނީ ދަނޑުވެރިއަކަށް: ޕަންކަޖް

Author
ފާތިމަތު ނާވީ
02 ޖުލައި 2022 06:29
0

ބޮލީވުޑްގައި ނެޗުރަލް އެކްޓަރެއްގެ ގޮތުގައި ނަން ހިނގާ ޕަންކަޖް ތުރިޕާޓީ، އެކްޓަރަކަށް ނުވިނަމަ ދެން ފެނިގެންދާނީ ދަނޑުވެރިއެއްގެ ގޮތުގައި ކަމަށް އޭނާ ބުނެފިއެވެ.

ދަަދިފަހުން ދިން އިންޓަވިއުއެއްގައި ޕަންކަޖް ބުނެފައިވަނީ އޭނާ އެކްޓަރަކަށް ނުވިނަމަ ހަމަގައިމުވެސް ކުރާނީ ދަނޑުވެރިކަން ކަމަށާއި އެއީ އޭނާގެ ކާބައިގެން މަސައްކަތް ކަމަށެވެ.

"އެކްޓު ކުރުމަކީ އެންމެ ކުރާހިތްވާ ކަންތައް. އެކަމަކު އެކްޓަރަކަށް ނުވިނަމަ ފެނުނީހީ ދަނޑުވެރިއެއްގެ ގޮތުގަ، ނޫންނަމަ ސިޔާސީ ދާއިރާއިން ވެސް ފެނުމުގެ ފުރުސަތުއެބައޮތް"

– ޕަންކަޖް

45 އަހަރުގެ ޕަންކަޖް ވަނީ މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެ، އޭނާގެ އެކްޓިންގެ ހުނަރު ދައްކާލައިފައެވެ. ގިނައިން ސައިޑް ރޯލުތަކުން ނުވަތަ ނުބައި މީހެއްގެ ގޮތުގައި ފެންނަ އެކްޓަރު ބޮލީވުޑަށް ތައާރަފްވީ 2004 ވަނަ އަހަރުގެ ފިލްމު "ރަން" އިންނެވެ.

އާންމުންގެ މެދުގައި ޕަންކަޖް މަޝްހުރު ވެގެން ދިއައީ 2012 ވަނަ އަހަރު ދެއްކި "ގޭންގްސް އޮފް ވަސީޕޫރު" ގައި އޭނާދެއްކި މޮޅު ނުބައިބައި ރޯލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.