ބޮންޑެ ސަރުކާރަށް: މިއަދު ވަޅުގައި ފެނެއް ދާންޏެއް ނެތް، އޮޑީގައި ރިޔަލެއް ވެސް ނެތް!

ބޮންޑެ ސަރުކާރަށް: މިއަދު ވަޅުގައި ފެނެއް ދާންޏެއް ނެތް، އޮޑީގައި ރިޔަލެއް ވެސް ނެތް!

Author
މުޙައްމަދު ޖިމީ
30 ޖޫން 2022 11:32
0

މިއަދު ވަޅުގައިފެނެއް ދާންޏެއް އޮޑީގައި ރިޔަލެއް ވެސް ނެތްކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފިނޭންސް މިނިސްޓަރ އަމީރަށާއި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ. ބޮންޑެ މިފަދައިން ފާޑުވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ ހުރީ ކުރިއަށްއޮތް ފަސް މަސްދުވަހަށް ފުދޭ މިންވަރަށްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވުމާއި ގުޅިގެންނެވެ.

ބޮންޑެ ވިދާޅުވީ، 3 ވަނަ ބޮޑު ހަނގުރާމައަށް ދުނިޔެ ބެރުޖަހަމުން ދާއިރު 5 މަހުގެ ރިޒާވް އަކީ އެއްވެސް އެއްޗެއް ނޫންކަމަށެވެ. މިއަދު ވަޅުގައިފެނެއް ދާންޏެއް އޮޑީގައި ރިޔަލެއް ވެސް ނެތްކަމަށާއި، ޑީސަލް ނެތި މަހަށް ފުރޭނީ ރިޔަލެއް ވެސް އޮވެގެންކަމަށް ބޮންޑެ ވިދާޅުވިއެވެ. އަދި ފެންވަރާ ތާހިރުވެވޭނީ ފެންޕްލާންޓްތައް ވެސް ހިންގިގެންކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާގައި ބޮންޑެ ވިދާޅުވެފައިވަނީ ބޭރު ފައިސާގެ ރިޒަރވްގެ ތެރެއިން ސަރުކާރަށް ބޭނުން ކުރެވޭ ފައިސާ ނުވަތަ ޔޫސަބަލް ރިޒަރވް އަކީ މިވަގުތު އެމްއެމްއޭއިން ޝާޢިއުކުރާ ނަންބަރެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ލިބެން ހުރި މައުލޫމާތައް ބަލާ ފިނޭންސް މިނިސްޓްރީއަށް އަންދާޒާކުރެވޭ ގޮތުގައި މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަކަށް 5 މަސް ދުވަހަށް ފުދޭ މިންވަރުގެ ޔޫޒަބަލް ރިޒަރވް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އަމީރުގެ ޖަވާބާއިމެދު ހިންތަމަ ނުޖެހި މަޖިލިސް ރައީސް ވިދާޅުވީ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގައި، ސަރުކާރުން އުފައްދަން ބޭނުންވާ އެންމެހައި ވުޒާރާތަކާއި، އެވުޒާރތާތަކުގެ މަސައްކަތްތައް ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވަކަމަށެވެ. އަދި ސަރުކާރުން އުފައްދާ ވުޒާރާތަކާއި އެވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެމަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެންމެ ފަހުން 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައިވަނީ 22 ފެބުރުއަރީ 2019 ގައި ކަމަށެވެ. އެދުވަހު ފާސްކޮށްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ މަސައްކަތް ތަކުގެ ތެރޭގައި ދައުލަތުގެ މާލިއްޔާއާއި ބެހޭ ކަންކަމާއި، ދައުލަތުގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި، ދައުލަތުގެ އާމްދަނީއާއި، ޚަރަދާއި ދަރަންޏާއި ބެހޭ ކަންކަން، ބޭރުގެ އެހީއާއި ލޯނު ހޯދުމާއި ގުޅޭ ކަންކަމުގެ އިތުރުން މާލީ ގިނަ ކަންކަން ފިނޭންސް މިނިސްޓްރީއާއި ހަވާލު ވެފައިވާކަމަށެވެ.

އިއްޒަތްތެރި ވަޒީރުގެ ޖަވާބުގައި އަޅުގަނޑު ދެކޭ ގޮތުގައި މީގައި އުނިކަމެއް އެބަވޭ. އިއްޒަތްތެރި ވަޒީރަކަށް ވިދާޅެއް ނުވެވޭނެ މާލީކަންކަން އެއީ އިއްޒަތްތެރި ވަޒީރާއި ހަވާލުވެފައި ނުވާ ކަންކަން ކަމުގައި. ގަލޮޅު އުތުރު ދާއިރާގެ މެބަރުގެ ސުވާލު ސީދާ މިދެންނެވި ކަންކަމަށް ނިސްބަތްވޭ. އެހެންވީމާ ޤާނޫނު އަސާސީގެ 134 ވަނަ މާއްދާގައި ވަޒީރަށް މަޖުބޫރުވަނީ މިރައްޔިތުންގެ މަޖިލީހަށް ޖަވާބު ދާރީވުން. އަޅުގަނޑު އިއްޒަތްތެރި ވަޒީރު އަރިހުން އެދެން އިއްޒަތްތެރި ވަޒީރުގެ ސިޓީފުޅު އަލުން އިސްލާހުކުރައްވައި މިމަޖިލީހަށް ފޮނުއްވާއި ދެއްވުމަށް.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިއީ މިފަހުން ވަޒީރަކު ދެއްވި ޖަވާބާއި ގުޅިގެން އަލުން ޖަވާބު ރަނގަޅު ކުރުމަށްފަހު މަޖިލީހަށް ފޮނުވުމަށް މަޖިލިސް ރައީސް އެންމެގެވި ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަޖިލީސް
މިތަނަށް ހޮވަންވީ ޤާނޫނީގޮތުން ކުފޫހަމަވާ މީހުންޚކަމަށް ލާޒިމްކުރަންޖެހޭ. ކަނޑުކޮހުން ހޮވައިގެން ފެނޭތަ ވާގޮތް!!