ދެ ލޯބިވެރިންނަށް ލޯބީގެ ފިލްމެއް

ދެ ލޯބިވެރިންނަށް ލޯބީގެ ފިލްމެއް

Author
ފާތިމަތު ނާވީ
30 ޖޫން 2022 07:01
0

މިހާރު ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ ލޯބިވެރިންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ދެތަރިން ކަމުގައިވާ ސިދާތު މަލޯހޮތުރާ އާއި ކިއާރާ އަދުވާނީއަށް ލޯބީގެ ފިލްމެއް ލިބިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދެ ތަރިންގެ މި ފިލްމާ ބެހޭގޮތުން އަދި މިހާތަނަށް މާގިނަ މައުލުމާތެއް ހާމައެއް ނުކުރެއެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ދެމީހުން ެވެސް މިހާރު ފިލްމަށް ވަނި އާނ ބަސް ދީފައެވެ.

މި ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ޝޭރްޝާ" އެވެ.  މިދިޔަ އަހަރު ގެނެސްދިން މި ފިލްމަކީ އިންޑިއާގެ ހަނގުރާމައިގެ ބަތަލެއްގެ ވާހަކަ ކިޔައިދިން ބަޔޮގްރަފިކަލް ޑްރާމާއެކެވެ.

ކިއާރާ އާއި ސިދާތު ލޯބީގެ ގޮތުން ގުޅުނީ ވެސް "ޝޭރުްޝާ"ގެ ޝޫޓިންގެ ތެރެއިންނެވެ. ދެތަރިން ލޯބިގެ ގޮތުން ގުޅިގެންއުޅުނު ކަމުގައިވިޔަސް މީޑިއާގައި މިކަން އެކަކުވެސް ސީދާ ގޮތެއްގައި ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.