ޕީޕީއެމްއިން ކޯޓަށް ހާޒިނުވުމުން އިންޑިއާ އައުޓް މައްސަލަ ބޭރުކޮށްލައިފި

ޕީޕީއެމްއިން ކޯޓަށް ހާޒިނުވުމުން އިންޑިއާ އައުޓް މައްސަލަ ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2022 08:06
0

އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް އިދިކޮޅު ޕީޕީއެމްއިން ހާޒިރުނުވުމުން މައްސަލަ ބޭރުކޮށްލައިފިއެވެ.

ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛް ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގަވާފައިވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

ކޯޓުގައި ކުރިއަށްދާ މައްސަލަތައް ކޯޓުން ބޭރުކޮށްލާ ސަބަބުތަކުގެ ތެރޭގައި މަގުބޫލު އުޒުރެއްނެތި އެމައްސަލައެއްގައި ކޯޓަށް ހާޒިރުނުވެއްޖެނަމަ. އެމައްސަލައެއް ކޯޓުން ބޭރުކޮށްލެވޭނެއެވެ. އިއްޔެ ސިވިލް ކޯޓުގައި ބާއްވަން ތާވަލްކުރި އަޑުއެހުމަށް ޕީޕީއެމްއިން ހާޒިވެފައިނުވާއިރު، ކޯޓަށް ހާޒިރު ނުވި ވަކި ސަބަބެއްވެސް އަންގާފައި ނުވާކަމަށް ކޯޓުންވަނީ ބުނެފައެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި، ސަލާމަތީ ޚިދުމަތްތަކަށް ފެންނަނަމަ، ކަމާ ގުޅުންހުރި ޤާނޫނުތައް އިޞްލާހުކުރުމަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.

މަޖިލީހުން މިގޮތަށް ފާސްކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ސަރުކާރުން ސަރުކާރުން ނިންމަވާފައިވެސްވަނިކޮށެވެ. ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.