މާމަ އަކަށް ވާހިތުން ނީތޫ ހުރީ ކެތް މަދުވެފައި!

މާމަ އަކަށް ވާހިތުން ނީތޫ ހުރީ ކެތް މަދުވެފައި!

Author
ފާތިމަތު ނާވީ
28 ޖޫން 2022 08:19
0

ކައިވެންޏަށް ދެމަހުގައި ޒުވާން ބަތަލާ އާލިއާ ބަޓް ވަނީ އޭނާ ބަނޑުބޮޑުކަން ސޯޝަލް މީޑީއާ މެދުވެރިކޮށް އިއުލާން ކޮށްފައެވެ.

އާލިއާ އާއި ރަންބީރު ކައިވެނިކުރީ މި އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ މިދެމީހުންގެ އަލަތު ކައިވެނިން ލިބޭ އަލަތު ދަރިފުޅުވެސް މެއެވެ. މިކަން އިއުލާން ކުރުމާއި އެކު ގިނަބަޔަކު އަންނަނީ އެދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

މިކަމާ ގުޅިގެން ރަންބީރުގެ މަންމަ ނީތޫ ކަޕޫރާ ރިޕޯޓަރުން ސުވާލުކުރުމުން ނީތޫ ބުނީ އެހެން އެންމެންނަށްވުރެ އޭނާ އުފާވާ ކަމަށެވެ. އިއްޔެ އާންމުވެފައިވާ ވީޑިއޯއެއްގައި ނީތޫ ހުރީ އުފަލުން ފޮޅިފައިއެވެ.

ރަންބީރު، 39، އާއި އާލިއާ، 28، ކައިވެނިކުރިތާ މާގިނަ ދުވަހެއްނުވެ ވަނީ ފިލްމީ މަސައްކަތްތަކަށް ނުކުމެފައެވެ. ސްޕެއިންގައި ޝްރައްދާ ކަޕޫރާއެކު ޝޫޓިން ކުރިއަށް ގެންދިއުމަށްފަހު މިވަގުތު ރަންބީރު ވެސް ހުރީ އާލިއާ ކައިރީގައި އިނގިރޭސި ވިލާތުގައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އާލިއާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިފައި ވަނީ ފިލްމު "ބްރަމަސްތުރާ" ގެ ޝޫޓިންގެ ތެރެއިންނެވެ. 5 އަހަރަށް ވުގެ ގިނަ ދުވަހު މަސައްކަތްކޮށް މިހާރު ނިންމާލާފައިވާ މި ފިލްމު ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު 9 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.