ކޮމެޑީ ފިލްމުތަކަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ފިލްމެއް ކަމުގައިވާ "ހޭރާ ޕޭރީ" ގެ ތިންވަނަ ބައެއް ނެރެއް އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
"ހޭރާ ޕޭރީ" އަކީ ކްލޭސިކް ކޮމެޑީއެކެވެ. އެ ފިލްމުގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ރިލީޒްކުރިއިރު ދެވަނަ ބައި ރިލީޒްކުރީ 2006 ގަ އެވެ.
"ހޭރާ ޕޭރީ" ގެ މެއިން ކާސްޓުގައި ހިމެނެނީ އަކްޝޭ ކުމާރާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް އެވެ. މިއީ މީގެ ކުރިން ގެނެސްދިން 2ފިލްމުން ވެސް ލީޑުން ފެނުނު ތަރިންނެވެ.
"ހޭރާ ޕޭރީ"ގެ ތިންވަނަ ބައިންވެސް މި ތިން އެކްޓަރުން ފެންނާނެ ކަމަށް ފިލްމްގެ ޕްރޮޑިއުސަރު ފޮރޯޒް ނަޑިއާވާލާ ވަނީ ކަށަވަރު ކޮށްދީފައިއެވެ. ނަަމަވެސް ފިލްމް ޑައިރެކްޓް ކުރާނީ ކާކު ކަމެއް އަދި ފިލްމްގެ އެހެން ތަރިން ނަކީ ކޮބައިކަމެއް ހާމައެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ