ޝަމްޝޭރާގެ ޓްރެއިލާ ނެރެފި

ޝަމްޝޭރާގެ ޓްރެއިލާ ނެރެފި

Author
ފާތިމަތު ނާވީ
28 ޖޫން 2022 02:39
0

ރަންބީރު ކަޕޫރު ވަރަށް ތަފާތު ގޮތަކަށް ފެނިގެންދާ ފިލްމު "ޝަމްޝޭރާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ކަރަން މަލްހޮތުރާއެވެ. "ޝަމްޝޭރާ" އިން ފެނިގެން ދާނީ ރަންބީރުގެ އިތުރުން ވާނީ ކަޕޫރު، ސަންޖޭ ދަތު އަދި ރޯނިތު ރޯއީއެވެ.

ގާތްގަނޑަކަށް ތިން މިނިޓްގެ އެ ޓްރެއިލާގައި ފެންނަނީ އިންޑިއާގައި ގަދަވެގެންފައިވާ އިނގިރޭސީންގެ ބައެއްގެ އަތުން މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތެވެ.

ޖުލައި 22 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ތައްޔާރުވެފައިވާ މި ފިލްމަކީ ހިންދީ އާއި ތަމަޅަ އަދި ޓެލުގޫ ބަހުންނެރޭ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.