ކައިވެންޏަށް ދެމަސް، އާލިއާ ބަނޑުބޮޑު

ކައިވެންޏަށް ދެމަސް، އާލިއާ ބަނޑުބޮޑު

ބޮލީވުޑްގެ މެދު އުޑުގައި ފިޔަ ޖަހަމުން އަންނަ ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އަށް ދަރިއަކު ލިބޭއުޅޭކަން އާލިއާ ހާމަކޮށްފިއެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އާލިއާ ބުނެފައިވަނީ އެމީހުންނަށް ވަރަށް އަވަހަށް ދަރިއަކު ލިބެން އުޅޭ ކަމަށެވެ. ދަރިއަކު ލިބެން އުޅޭކަން ދެމީހުން އިއުލާން ކުރިއިރު އެމީހުންގެ ކައިވެންޏަށް އަދި މިވީ ދެމަހެއްހައި ދުވަހެވެ. ކައިވެންޏަށް ފަހު ވަރަށް ބިޒީކޮށް އުޅެމުން އަންނާތީ ދެ ތަރިންނަށް އަދި ހަނީމޫން އަށް ވެސް ވަނީ ދެވޭ ގޮތް ނުވެފައިއެވެ. އާލިއާ އޭނާގެ އަލަތު ހޮލީވުޑް ފިލްމް ގެ ޝޫޓިންގައި މިވަގުތު ހުރީ ޔޫކޭ ގައިއެވެ.

ސްޕެއިންގައި ޝްރައްދާ ކަޕޫރާއި އެކު ޝޫޓިން ކުރިއަށް ގެންދިއުމަށްފަހު މިވަގުތު ރަންބީރު ވެސް ހުރީ އާލިއާ ކައިރީގައި ގައިއެވެ. ދެމީހުން ހޮސްޕިޓަލުގައި ބަނޑުގެ ސްކޭނެއް ހައްދަން ތިބި ފޮޓޯއެއް އާންމުކޮށް ކެޕްޝަނަކަށް ލިޔެފައި ވަނީ "އަވަ ބޭބީ…ކަމިން ސޫން" އެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ރަންބީރް، 39، އާއި އާލިއާ، 28، ކައިވެނިކުރީ އެޕްރީލް މަހުގެ 14 ގައެވެ. މީ ދެމީހުންގެ ވެސް އަަލަތު ދަރިފުޅެއެވެ.  އާލިއާ ބަލިވެ އިންކަން އިއުލާން ކުރުމުގެ ދެހަފްތާ އެއްހައި ދުވަސް ކުރިން މީޑީއާގައި އަންނަނީ އާލިއާ ބަނޑު ބޮޑުކަމަށް ބުނަމުންނެވެ.

އާލިއާ އާއި ރަންބީރު ލޯޞީގެ ގޮތުން ގުޅިފައި ވަނީ "ބަރަމަސްތުރަ" ގެ ޝޫޓިންގެ ތެރެއިންނެވެ. 5 އަހަރަށް ވުގެ ގިނަ ދުވަސް ހެދުމަށް ނެގެި މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފަިއވަނީ މި އަހަރުގެ ސެޕްޓެމްބަރު 9ކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *