ތަޙުޤީޤުކޮށް ޙަޤީޤަތް ހާމަކޮށްދޭން ސަލީމް އެދިއްޖެ

ތަޙުޤީޤުކޮށް ޙަޤީޤަތް ހާމަކޮށްދޭން ސަލީމް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2022 01:52
0

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ މައްޗަށް ތުހުމަތު ކުރާ ގޮތަށް ލިޔެ ދައުރުކޮށްފައިވާ ވާހަތަކަކީ އެއްވެސް އަސާސެއްނެތް ވާހަތަކެއް ކަމަށާއި، އެކަން ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށްދޭން ސަލީމް އެދިއްޖެއެވެ.

ސަލީމް އެހެން ވިދާޅުވީ، މިހާރު ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއަކުން އޭނާ ފެންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މެމްބަރު ސަލީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކުށެއްކަމަށް ކަނޑައަޅުއްވާފައިވާ އަދި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކަމެއް ކަމަށް ކަނޑައަޅުއްވާފައިވާ ފަދަ އަމަލެއް އޭނާ ކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭގޮތަށް އެއްވެސް ޙަޤީޤަތެއް އަސާސެއް ނެތް ވާހަކަތަކެއް ލިޔެ ދައުރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ އަކީ އެތައް ރައްޔިތުންނެއް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވާ އިރު، އޭނާއަށް ރައްދުވާގޮތަށް އެފަދަ ވާހަކަތަކެއް ލިޔެފައިވާއިރު، އެފަދަ އަމަލުތަކަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާ ހައްދު ކަނޑައަޅުއްވާފައިވާ އަމަލުތަކެއްކަމުން، އެފަދަ ފާހިޝް އަމަލު ހިންގިކަމަށް ލިޔެފައިވާ ލިޔުމުގައިވާ ފާހަގަކޮށްފައިވާ ކަންތައްތައް ދިވެހިން ފުލުހުންގެ ޚިދުމަތުން ބެއްލެވެން އޮތް އެންމެ ރަނގަޅަކަށް ބައްލަވައިދެއްވުމަކީ މުޅި މުޖްތަމައުގެ ޙައްޤުގައި ފުލުހުން ކުރައްވަންޖެހެނޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑު ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް ކަމަށް ސާބިތުކުރުމަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަ ކަމެއް ހިނގި ކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ތިޔަ މުއައްސަސާގެ ޒިންމާއެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ.

– ސަލީމްގެ ސިޓީގައި ވެއެވެ.

މި މައްސަލަ ބަލައިދިނުމަށް ސަލީމް އެދިފައިވާއިރު، ދެ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއްގެ މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި، މިފަދަަ މައްސަލަތަކެއްގައި ގިނަ އަދަދެއްގެ ބަޔަކަށް ބްލެކްމެއިލް ކުރުމުގެ މައްސަލަތަކެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢައިމިނަ މާލެ
ނުކުރާ ކަންކަމުގެ ވާހަކަދައްކާ ތުހުމަތުކޮށް ތާއީދު ކުރަމުން ތިގެންދިޔައީ ކިތަށް މީހުންގެ އަބުރަށް އަރައިގަންނަމުންކަން ދެނަހުރިންތަ؟ އެއީކިތަށް މީހުންގެ ހައްގުތޯ؟ ޙައްޖަށްވެސް ދެވޭނީ އެ ހުރިހާ ހައްގުތައް ކަނޑައިގެން.