ރައްކާތެރިނަމަ ރިޔާސީ ބަހުޘްގެ ދެވަނަ ބުރައްވެސް ތައްޔާރު: ބައިޑެން

ރައްކާތެރިނަމަ ރިޔާސީ ބަހުޘްގެ ދެވަނަ ބުރައްވެސް ތައްޔާރު: ބައިޑެން

Author
ހުސައިން
06 އޮކްޓޯބަރ 2020 10:59
0

ސިއްޙީ މާހިރުން ލަފާ ދީފިނަމަ ރިޔާސީ ބަހުޘްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ކުރިމަތިލާން ތައްޔާރަށް ހުންނެވިކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑަން ވިދާޅުވެއެޖެއެވެ.

އެނެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބާއްވާ ރިޔާސީ ބަހުސްގެ 2 ވަނަ ބުރު އަންނަ ހަފްތާގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު އޮކްޓޫބަރ 2 ވަނަ ދުވަހު ރައީސް ޓްރަމްޕަށް ކޯވިޑް-19 ޖެހިފައިވާކަން ވަނީ އިޢުލާން ކުރައްވާފައެވެ. އަދި ވޮލްޓާ ރީޑް އަސްކަރީ ހަސްފަތާލުގައި އެނދުމަތިކޮށް ރައީސް ޓްރަންޕަށް ވަނީ ތިން ދުވަސްވަންދެން ފަރުވާދީފައެވެ. ފަރުވާއަށް ފަހު މިހާރު ޓްރަމްޕް ވަނީ އެނބުރި ވައިޓް ހައުސަށް ވަޑައިގެންފައެވެ. ހަސްފަތާލުން ދޫކޮށްލިނަމަވެސް ރައީސް ޓްރަންފަށް ދެމުންދާ ފަރުވާ ހުއްޓައެއް ނުލައެވެ.

ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަން އިއުލާން ކުރުމާއެކު ފްލޮރިޑާ ސްޓޭޓުގެ މަޔާމީގައި ބޭއްވުމަށް ތައްޔާރުވަމުންދާ ރިޔާސީ ބަހުޘްގެ ދެވަނަ ބުރު މިހާރު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާނެކަމާއި މެދުވަނީ ސުވާލު އުފެދިފައެވެ. މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ ބަހުސްގެ ފުރަތަމަ ބުރުގައި ރައީސް ޓްރަންޕާއެކު ބައިޑަންވެސްވަނީ ބަހުޘްްގައި ބައިވެރިވެފައެވެ. އަދި ޓްރަމްޕަށް ކޯވިޑް-19 ޖެހުނުކަން އިއުލާންކުރުމާއެކު އޭނާވެސް ވަނީ ބައްޔަށް ތަހުލީލުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ ކޯވިޑް-19އަށް ނެގެޓިވް ވެފައެވެ.

ބަހުޘާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ބަހުޘްގައި ބައިވެރިވުމަކީ ރައްކާތެރިކަމެއްކަމަށާއި ދެ ބޭފުޅުންގެ ދެމެދުގައި ހުންނަ ދުރުމިނަކީ އެކަށީގެންވާ ދުރުމިނެއްކަމަށް ސިއްޙީ މާހިރުން ބުނެފިނަމަ ބަހުޘްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.އަދި އޭނާ ޢަމަލުކުރައްވަމުން ގެންދަވާނީ ކަމާބެހޭ މާހިރުންގެ ލަފާގެ މަތިންކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގައި ކޯވިޑް ފެތުރެން ފެށުމުން އެއީ އެހާ ނުރައްކާތެރި ބައްޔެއްނޫންކަމަށް ވިދާޅުވެ ރައީސް ޓްރަންޕު ވަނީ އެތައް ފަހަރަކު ވާހަކަފުޅު ދައްކާވަފައެވެ. އަދީ މާސްކު އެޅުމާއި ގުލޭގޮތުންވެސް ސިއްހީ މާހިރުން ދެއްވި ލަފާތަކާއި ޚިލާފަށް ޓަރަންޕް ވަނީ ވާހަކަފުޅު ދައްކާވާފައެވެ.

މިހާތަނަށް އެމެރިކާގެ 7.4 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 209،000 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ. ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ދެކޮޅަށް ނުކުންނަވާ އިދިކޮޅު ކެންޑިޑޭޓް ބައިޑަން ވަނީ ބަލީގެ ނުރައްކާތެރިކަމަށާއި ރައްޔިތުންގެ ފުރާނައަށް ވަމުންދާ ގެއްލުމަށް މާ ބޮޑު ސަމާލުކަމެއް ރައީސް ޓްރަންޕު ނުދެއްވާކަމުގެ ތުހުމަތުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.