"ޝަމްޝޭރާ" ބެލުމަށް ބައްޕަ ދުނިޔޭގައި ހުރިނަމައޭ ހިތަށް އަރާ: ރަންބީރު

"ޝަމްޝޭރާ" ބެލުމަށް ބައްޕަ ދުނިޔޭގައި ހުރިނަމައޭ ހިތަށް އަރާ: ރަންބީރު

Author
ފާތިމަތު ނާވީ
25 ޖޫން 2022 05:16
0

އެކްޓަރ ރަންބީރު ކަޕޫރު ވަރަށް ތަފާތު ގޮތަކަށް ފެނިގެންދާ ފިލްމު "ޝަމްޝޭރާ" ބަލާލުމަށް ބައްޕަ ދުނިޔޭގައި ހުރިނަމަ ވަރަށް އުފާވީސް ކަމަށް ރަންބީރު ބުނެފިއެވެ.

ކެންސަރާއި ހަނގުރާމަ ކުރަމުން ދަނިކޮށް ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މަރުވީ 2020 ވަނަ އަހަރުއެވެ. ގިނަ ދުވަސްތަކަކު ކެންސަރަށް ފަރުވާ ހޯދި ރިޝީ އަކީ ބޮލީވުޑަށް ކާމިޔާބު ފިލްމު ތަކެއް ދޫކޮށް ދިން ތަރިއެކެވެ.

ރަންބީރު ބުނީ އޭނާގެ ބައްޕަ އަބަދުވެސް ދެކެން ބޭނުންވީ ތަފާތު އެކި ރޯލުތަކުން އޭނާ ފެނިގެން ދިއުމެވެ. އަދި އެހެން މީހުންނަށް އިބުރަތެއް ލިބޭ ފަދަ ފިލްމުތައް ކުޅުމަށް ބައްޕަ ނަސޭހަތް ދޭކަމަށް ވަނީ ބުނެފައެވެ.

ކަރަން މަލްހޮތުރާ ޑައިރެކްޓް ކޮށްފައިވާ "ޝަމްޝޭރާ" އިން ފެނިގެން ދާނީ ރަންބީރުގެ އިތުރުން ވާނީ ކަޕޫރު، ސަންޖޭ ދަތު އަދި ރޯނިތު ރޯއީއެވެ.

ޖުލައި 22 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ތައްޔާރުވެފައިވާ މި ފިލްމުން ދައްކުވައިދެނީ އިނގިރޭސީންގެ އަޅުވެތިކަމުގައި އިންޑިއާ އޮތް ޒަމާނެއްގެ ހަނގުރާމަ ތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.