ސަލްމާން ގަހެއް އިންދައިފި، އެދެނީ ވީހާވެސް ގިނަ ގަސް އިންދުމަށް

ސަލްމާން ގަހެއް އިންދައިފި، އެދެނީ ވީހާވެސް ގިނަ ގަސް އިންދުމަށް

Author
ފާތިމަތު ނާވީ
24 ޖޫން 2022 01:05
0

އިންޑިއާ ފެހިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިން "ގްރީން އިންޑިއާ ޗެލެންޖުގައި" ބައިވެރި ވުމުގެ ގޮތުން ސަލްމާން ހާން ގަހެއް އިންދައިފިއެވެ.

ސަލްމާން ހާން ގަސް އިންދައިފައިވަނީ ބުދަ ދުވަހުގައިއެވެ. މިގަސް އޭނާ އިންދީ މުމްބައިގެ 'ރަމޯޖީ ފިލްމް ސިޓީ' ކައިރީގައިއެވެ. މިވަގުތު އޭނާގެ ފިލްމް "ކަބި އީދް ކަބީ ދިވާލީ" ގެ ޝޫޓިން ކުރިއަށް ދަނީ އެތަނުގައިއެވެ.

މި ގަސް އިންދުމަށް ފަހު ސަލްމާން ވަނީ ވީހާވެސް ގިނަގަސް އިންދުމަށް އިލްތިމާސް ކޮށްފައިއެވެ. އިންޑިއާ ފެހި ކުރުމަކީ އެގައުމުގެ ސަރުކާރުން ހާއްސަ ކޮށް ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ފެއްޓެވި ކަމެކެވެ.

އާންމު ދިރިއުޅުމުގައިވެސް ދަނޑުވެރިކަށް ލޯބި ކުރާ ސަލްމާން އަންނަނީ އޭނާގެ ފާމްހައުސް ގައި ތަފާތު ވައްތަރުގެ މޭވާ އާއި ތަރުކަރީ ހައްދަމުންނެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.