އެމްޑީޕީގެ މީހުން ހިމެނޭހެން، ގިނަ އަދަދެއްގެ ބަޔަކު އަނެއްކާވެސް ޕީޕީއެމްއަށް!

އެމްޑީޕީގެ މީހުން ހިމެނޭހެން، ގިނަ އަދަދެއްގެ ބަޔަކު އަނެއްކާވެސް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2022 10:07
0

ކުރިން އެމްޑީޕީގައި ހަރަކާތްތެރިވި ގިނަ ބަޔަކާއި، އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްއާއި އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ ފޯމުތަކާއި ހަވާލުވެ ވަޑައިގެންނެވީ ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނެވެ. ޕީޕީއެމްއާއި އަލަށް ގުޅުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނެއެވެ.

އޭގެ ތެރޭގައި 18 އަހަރު ފުރުނު ޒުވާނުންނަށް، މުޅިން އަލަށް ސިޔާސީ ޕާޓީއަކާއި ގުޅުމަށްޓަކައި ޕީޕީއެމްއަށް ސޮއިކުރި ޒުވާނުންވެސް ހިމެނެއެވެ. މީގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ (އެމްޑީޕީ) ގައި އިސްކޮށް އުޅުނު ބައެއް މީހުންވެސް ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. އެމްޑީޕީގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ޒުވާނުންތަކެއްވެސް ވަނީ މިރޭ ޕީޕީއެމްއާއި ގުޅިފައެވެ.

ޒުވާނުންގެ އިތުރުން އާންމު ގިނަ މެމްބަރުންތަކެއްގެ ފޯމުތަކެއްވެސް މިރޭ ވަނީ ރައީސް ޔަމީނާއި ހަވާލުކޮށްފައެވެ. މިފަހަކަށް އައިސް ޕީޕީއެމްއިން ބާއްވާ ގިނަ ޖަލްސާތަކުގައި އެޕާޓީއާއި ގިނަ އަދަދެއްގެ ޒުވާނުން ދަނީ ގުޅެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޟ ޟަރިޔަމ
މީހުންގިނަވާނެ ވޯޓެއް ނުލިބޭނެ
ދ ދޮންއަލީ
މިހާ އަވަހަށް ތިބުނީ ވޯޓުން ވައްކަން ކުރާނަމޭ. 2023 އަދި ނާދޭ.