ބޮލީވުޑްގެ އަރަމުން އަންނަ ބަތަލާ ޖާންވި ކަޕޫރު، އޭނާގެ ބައްޕަ، ޕްރޮޑިއުސަރ ބޯނީ ކަޕުރާއެކުގައި ސްކްރީނުން ފެންނާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ޖާންވީ އާއި އޭނާގެ ބައްޕަ ފެނިގެންދާނީ އިޝްތިހާރަކުން ކަމަށް ބޮލިވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.
ވަރަށް އަވަހަށް ޝޫޓިންގ ފަށަން ހަމަޖެހިފައިވާ މި އިޝްތިހާރަކީ ކޮންކަހަލަ އިޝްތިހާރެއް ކަމެއް އަދި ނޭގެއެވެ. ޖާންވީ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންގައި ވަރަށް ބިޒީކޮށް މަސައްކަތް ކުރަމުންނެވެ.
ޖާންވީ އާއި އޭނާގެ ބައްޕަ އެކުގައި ކުރާ ފުރަތަމަ މަސައްކަތަކީ ފިލްމު "މިލީ"އެވެ. މި ފިލްމަކީ މިހާރު ޝޫޓިން ނިންމާ، ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް ފިލްމެކެވެ.
ޖާންވީ އަކީ ކުރީގެ މަޝްހޫރު ބަތަލާ ޝްރީ ދޭވީ އާއި ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅެވެ. ދެން ހުންނަނީ ޚުޝީ ކަޕުރެވެ. ހުޝީ ކަޕޫރު ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ މަސައްކަތްވެސް އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ.
މަސައްކަތުގެ ދާއިރާއަށް ބަލާއިރު ޖާންވީގެ ކުރިއަށް ހުރި ފިލްމް ތަކަކީ "ދޯސްތަނާ2″، "ބޮމްބޭ ގާލް"، "ގުޑްލަކް ޖެރީ"، "ބަވާލް"، "މިސްޓާ އެންޑް މިސްއިޒް މާހީ" އަދި "މިލީ"އެވެ.
ކޮމެންޓު ފޮނުވާ