އާލިއާ ބަނޑުބޮޑު؟

އާލިއާ ބަނޑުބޮޑު؟

Author
ފާތިމަތު ނާވީ
23 ޖޫން 2022 01:32
0

ބޮލީވުޑްގެ ކުޅަދާނަ، ހުނަރުވެރި ދެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެޏަށް އަދި މިވީ އެންމެ ދެމަހެއްހައި ދުވަހެއެވެ.

މިދިއަ އެޕްރިލް މަހުގެ 14 ވަނަ ދުވަހު ކުލަގަދަ ހަފްލާއެއްގައި ކަިއވެނި ކުރި މި ދެމީހުންނަށް ދަރިއަކު ލިބެން އުޅޭކަމަށް ހަބަރުތަށް ބުނެފިއެއެވެ.

އާލިއާ ބަނޑު ބޮޑު ކަމަށާއި ނަމަވެސް ބަނޑު ފޮރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަށް ބުނެއެވެ. އާލިއާ މިވަގުތު ހުރި ޔޫކޭގައި އޭނާ ބޮލީވުޑް އަށް ތައާރަފްވާ ފިލްމް ގެ ޝޫޓިންގައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

މިފަހުން އާލިއާ ވަނީ ރަންބީރުގެ އާއިލާ އާއި އެކުގައި ރޭނގަޑުގެ ކެއުމެއްގައި ބައިވެރިވެފައިއެވ. އަނެއް ކޮޅުން ރަންވީރު ހުރީ އޭނާގެ ކުރިއަށް އޮތް ފިލްމް ގެ ޝޫޓިންގ ގައި ސްޕެއިންގައިއެވެ.

ރަންބީރާއި އާލިއާ ކައިވެނި ކުރިފަހުން ދެތަރިން ބިޒީ ކަމުން އަދި ހަނީމޫނަށް ވެސް ވަނީ ދެވޭގޮތް ނުވެފައިއެވެ. ދެތަރިންވެސް ދެތަނުގައި ފިލްމް ގެ ޝޫޓިން ކުރަމުން އަންނައިރު އެމީހުންގެ އެކުގައި ކުޅުނު ފިލްމް "ބްރަމަސްތުރާ"ގެ ޕްރޮމޯޝަންތަށް ވެސް ކޮންމެވެސް ވަރަކަށް އަންނަނި ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅުނީ "ބްރަމަސްތުރާ"ގެ ސެޓުންނެވެ. އެއަށް ފަހު ފިލްމް އުފެއްދުމަށް 5 އަހަރު ހޭދަވެގެން ދިއަ އިރު މިއަހަރު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ފިލްމް ރިލީޒް ކުރުމަށް ވަނީ ތާވަލް ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.