ޗުއްޓީއަށް ދާނެ ތަނެއް ހޯދަން ކާތިކް ފޭނުންގެ ހިޔާލަށް

ޗުއްޓީއަށް ދާނެ ތަނެއް ހޯދަން ކާތިކް ފޭނުންގެ ހިޔާލަށް

Author
ފާތިމަތު ނާވީ
23 ޖޫން 2022 07:19
0

ބޮލީވުޑްގެ ޒުވާން އެކްޓަރ ކާތިކް އާރިޔާން އަކީ އަބަދުވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ތަރިއެކެވެ.

މަޑުމައިތިރި، ހިތްތިރި، މި ޒުވާން އެކްޓަރުގެ މިޒާޖުގެ ގޮތުން ގިނަ ބެލުންތެރިންގެ ހިތުން ވަނީ އޭނާ ޖާގަ ހޯދާފައެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމް "ބޫލް ބުލައްޔާ 2″ އަށް ލިބުނު ކާމިޔާބީ އާއެކު އޭނާގެ މަގުބޫލުކަން ބޮޑުވެ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ތަރިންގެ ލިސްޓުގައި އޭނާގެ ނަން ވަނީ ހިމެނިފައެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ "ޝެހެޒާދާ" އެވެ. މި ފިލްމު ފެށުމުގެ ކުރިން އޭނާ ކޮންމެހެންވެސް ޗުއްޓީއެއް ބޭނުންވާކަމަށް ވަނި ބުނެފައެވެ. އަދި ދާނެ ތަނަކާއިމެދު ހިޔާލު ދިނުމަށް ފޭނުންގެ ކިބައިން އޭނާ ވަނީ އެދިފައެވެ.

އެއާއެކުގައި ފޭނުން ވަނީ ގިނަ ތަންތަނުގެ ލިސްޓެއް ހަދައިއޭނާއަށް ފޮނުވާފައެވެ. ފަހަރުގައި ކާތިކްގެ މަންޒިލަކީ ރާއްޖެ ކަމުގައި ވުންވެސް އެކަށީގެން ވެއެވެ.

31 އަހަރުގެ ކާތިކްގެ "ޝެހެޒާދާ" ސިނަމާތަކަށް ގެންނަން އޮތީ ނޮވެމްބަރު މަހުގެ 4 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.