އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ހުއްދަ ބާތިލްކޮށްފިއެވެ.
އާންމު ރައްޔިރުންގެ ޕާޓީ އުފެއްދުމުގެ ޙުއްދަ އިލެކްޝަންސްއިން ދެއްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ކަނަދޫގޭ އަޙްމަދު ޞަޢީދަށެވެ. އޭނާއަށް މިހުއްދަ ދީފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ "ޢާންމު ރައްޔިތުންގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ސ.ހިތަދޫ، ކަނަންދޫގެ، އަޙްމަދު ސަޢީދަށް އީސީ އިން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރު، އެއްވެސް ފޯމެއް ހުށަހަޅުއްވާފައި ނުވާތީ، އެ ހުއްދަ ކޮމިޝަނުން ބާޠިލް ކޮށްފައިވާކަމަށެވެ.
"ޢާންމު ރައްޔިތުންގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ސ. ހިތަދޫ، ކަނަންދޫގެ، އަޙްމަދު ސަޢީދަށް އީސީ އިން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރު، އެއްވެސް ފޯމެއް ހުށަހަޅުއްވާފައި ނުވާތީ، އެ ހުއްދަ ކޮމިޝަނުން ބާޠިލް ކޮށްފި. @ElectionsMv @mvpeoplesmajlis
— Ismail Habeeb (@IsmailHabeeb) June 21, 2022
ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ 3000 މީހުންގެ ސޮއި ހުށަހެޅުމުންނެވެ. އިލެކްޝަންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވާއިރު، މީގެ ތެތެރެއިން ޤާނޫނީ އަދަދަށް މެމްބަރުން ހަމަނުވާ 4 ސިޔާސީ ޕާޓީއަކަށް މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ހުރިހާ ޕާޓީތަކަކުންވެސް ވަނީ އަދަދު ހަމަވާވަރަށް ފޯމު ހުށަހަޅާފައެވެ. ނަމަވެސް ފޯމުތަކުގެ ސައްޚަކަން ކަނޑައެޅުމަށްފަހު ޕާޓީތަކުގެ ޤާނޫނީ އަދަދު ހަމަނުވާނަމަ އެޕާޓީއެއް އިލެކްޝަނުން އުވާލާނައެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހުރި ޕާޓީތަކުގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބިނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
ކޮމެންޓު ފޮނުވާ