ޕީޖީ ޝަމީމް ޓްވިޓާ ބޭނުންކުރުން ހުއްޓާލައިފި

ޕީޖީ ޝަމީމް ޓްވިޓާ ބޭނުންކުރުން ހުއްޓާލައިފި

Author
މުޙައްމަދު ޖިމީ
19 ޖޫން 2022 11:31
0

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓްކޮށްފިއެވެ.

ޝަމީމް ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓްކޮށްފައިމިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަޤާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީ ޕީޖީ ގްރޫޕުން ފަށާފައިވަނިކޮށެވެ. އޭނާ މަޤާމުން ދުރުކުރަނީ ކީއްވެކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މި މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވީ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

ނަމަވެސް މިމައސަލާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން ދަނީ ޕީޖީ ދިފާއު ކުރައްވަމުންނެވެ.

ޝަމީމް މަޤާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް އޭނާގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ ޝަމީމަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލައެއް ބަލަމުން ނުދާކަމަށް ބުނެފައެވެ.

ކުޑަކުއްޖަކަށް ޝަމީމް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށް އެކަން ފުލުހުން ބަލަމުންދާ ކަމަށް ބުނެ ބަޔަކު އެ ވާހަކަތައް ފަތުރާތާ ދެތީން ދުވަސް ވެއްޖެއެވެ.

އެކަމާއި ގުޅޭގޮތުން މިދިޔަ ދެތީން ދުވަހު އެކި ފަހަރު މަތީން ނޫސްވެރީން ވަނީ ފުލުހުންނާއި އެ ސުވާލުކޮށްފައެވެ. މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ އެ މައުލޫމާތު ސާފު ކުރުމަށް ފަހު ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމްގެ މައްޗަށް ޖިނާއީ ތުހުމަތެއްގެ ތަހުގީގެއް އެސަރވިސްއިން ހިންގަމުން ނުދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.