ފަރްހާން އަންހެނުން ގޮވައިގެން ރާއްޖޭގައި

ފަރްހާން އަންހެނުން ގޮވައިގެން ރާއްޖޭގައި

Author
ފާތިމަތު ނާވީ
18 ޖޫން 2022 10:38
0

ބޮލީވުޑްގެ އެކްޓަރ އަދި ޑައިރެކްޓަރ ފަރުހާން އަޚްތަރު އޭނާގެ އަންހެނުން ޝިބާނީ ޑަންޑްނޭކަރާއެކު ރާއްޖޭ އަތުވެއްޖެއެވެ.

ފަރްހާން ވަނީ އެދެމީހުން ރާއްޖޭގެ ގޮނޑުދޮށުގައި ނަގައިފައިވާ ވީޑީއޯކޮޅެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

މީގެ ކުރިން ވެސް ފަރުހާނާއި ޝީބާނީ ރައްޓެހިވެގެން އުޅުނު އިރުވެސް ވަނި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަނަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

މީގެކުރިން ޝިބާނީ ބުނެފައިވާގޮތުގައި އޭނާ ގާތުގައި ކައިވެނި ކުރުމަށް ފަރުހާން އެހީވެސް ރާއްޖޭގެ ރިސޯޓެއްގައެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

"ޑޮން" އާއި "ދިލް ޗާހަތާ ހޭ" ފަދަ މަޝްހޫރު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ "ޖީލޭ ޒަރާ"އެވެ. ރޯޑް ޓްރިޕްއެއްގެ މައްޗަށް ހަދާ މި ފިލްމުގެ ލީޑުން ފެނިގެން ދާނެކަމަށް މީގެކުރިން އިއުލާންކޮށްފައިވަނީ ޕްރިޔަންކާ ޗޯޕްޅާ އާއި ކެޓްރީނާ ކައިފްގެ އިތުރުން އާލިއާ ބަޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.