ރާއްޖޭގެ ޤައުމީ މަސްލަހަތު އިސްކުރާ ކޮންމެ ސިޔާސީ ލީޑަރަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދެއްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އިކްރާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވާނެކަން އިއުލާން ކުރެއްވުމަށްފަހު ކުއްލި ގޮތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި އިއްޔެ ބަދައްލު ކުރެއްވުމާއި ގުޅިގެން އެމްޑީޕީގެ ތެރެއިންނާއި، އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ރައީސް ނަޝީދު ޤާސިމްއާއި ބައްދަލުކުރެއްވުމާއި، ގުޅިގެން ރައީސް ނަޝީދުވެސް ރައީސް ޞާލިހަށް ފާޑު ވިދާޅުވެފައެވެ. އިކްރާމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ޤައުމީ މަސްލަހަތަށް ބަލައި ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރައީސް ޞާލިހަށް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުން މުހިންމު ކަމަށެވެ. މިކަމަށް ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންވެސް އެއްބަސްވެ ރައީސަށް ދެވަނަ ދައުރެއް ދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް އިކްރާމް ވިދާޅުވިއެވެ.
ޤައުމީ މަސްލަހަތު އިސްކޮށް ޤައުމުގެ ހަމަޖެހުން ދަމަހައްޓަން ބޭނުންވާ ކޮންމެ ސިޔާސީ ލީޑަރެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަށް އިތުރު ދައުރެއް ދެއްވަން ބޭނުންވާނެކަން ޔަގީން.
– އިކްރާން ވިދާޅުވިއެވެ.
އިކްރާމް ވިދާޅުވި ޤައުމީ މަސްލަހަތަކީ ރައީސް ޞާލިހާއި، މިސަރުކާރާއިމެދު އިދިކޮޅޫ ފަރާތްތަކުން އެންމެ ބޮޑަށް ތުހުމަތު ކުރަމުންދާ އެއްކަމެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއިމެދު އިދިކޮޅުން ސުވާލު އުފައްދާ އެންމެ ބޮޑު ކަމަކީ އަވަށްޓެރި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާޢްޖޭގައި ތިބުމާއި، ރާއްޖޭގެ އަސްކަރީ ބާރުގެ ކޮންޓްރޯލް އިންޑިއާގައި އޮތުމުގެ ކަންބޮޑުވުމެވެ.
ރައީސް ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާކޮށް ޤާސިމްއާއި ބައްދަލުކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރައީސަށް ކުރިމަތިމަތި ލެއްވުމާއިމެދު ގޮތް ނިންމުމުގެ ހުރިހާ ބާރެއް އޮތީ ޤާސިމްގެ އަތުގައިކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ ކޮބައިކަން ސާފުނުވާ ކަމަށާއި، އެކަން ސާފުވާނީ ޕްރައިމަރީއަކުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ