މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހދ. ވައިކަރަދޫ ކައުންސިލްގެ ކުރީގެ މެމްބަރު އަދި ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން) އަށް ވަރަށް ބޮޑަށް އަނިޔާވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ހާޝިމްގެ އެކްސިޑެންޓާއި ގުޅޭގޮތުން އޭނާގެ ކޮއްކޮ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ބޭބެ އަހުމަދު ހާޝިމް /ޓިންޓިން (ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ) އަދި އެމްޑީޕީ ވައިކަރަދޫ ދާއިރާގެ ކުރީގެ ރައީސަށް ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެ އޭޑީކޭ އަށް ވަނީ ގެންދެވިފައިކަމަށެވެ. އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، ހެޔޮދުއާކޮށްދިނުން އެދޭކަމަށެވެ.
އަޅުގަނޑުގެ ބޭބެ އަހުމަދު ހާޝިމް /ޓިންޓިން (، @MoACHmv ސީނިއަރ ޕޮލިސި ޑިރެކްޓަރ އަދި އެމްޑީޕީ ވައިކަރަދޫ ދާއިރާގެ ކުރީގެ ރައީސް) އަށް މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެ އޭޑީކޭ އަށް ވަނީ ގެންދެވިފަ. ހާލު ވަރަށް ސީރިއަސް. ހެޔޮދުއާކޮށްދިނުން އެދެން. pic.twitter.com/kT7wNSL4QN
— waappey (@waappey) June 9, 2022
އެނގިފައިވާ ގޮތުގައި އެވަގުތު އެތަނުން ދިޔަ ޓްރީޓޮޕް ހޮސްޕިޓަލުގެ އެމްބިއުލާންސެއްގައި އޭނާ ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އޭނާ ގޮވައިގެން އެމްބިއުލަންސަށް އެރި މީހުން ބޭނުންވީ، އޭޑީކޭ ހޮސްޕިޓަލަށް ދާން ކަމަށާއި އެކަމަކު އޭނާ ގެންދިޔައީ ޓްރީ ޓޮޕަށް ކަމަށް މައުކޫމާތު ލިބިފައިވެއވެެ.
އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ހާޝިމްގެ ބޮލަށެވެ. އޭޑީކޭގައި ހާޝިމްގެ ސާޖަރީއެއް ހެދުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. އެކަމަކު، ޑޮކްޓަރުން އަދިވެސް ގެންދަނީ ހާޝިމްގެ ހާލަތު އޮބްޒާވް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ